ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމުގެ ޕްރޮޖެކްޓެއް ބީ.އެމް.އެލްއިން ތަޢާރަފްކޮށްފި

“ސިޓީ ބައިކް” ނަމުގައި ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމުގެ ޕްރޮޖެކްޓް ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް ލިބޭނެހެން 300 ބައިސްކަލު ތައާރަފް ކުރެވިގެންދާނެއެވެ. މި ބައިސްކަލްތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދުއްވުމަށް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ހާއްސަކުރެވޭ އެކި ސަރަހައްދުތަކުގައި ޑޮކިންގ ސްޓޭޝަން ގާއިމްކޮށް ބައިސްކަލު ޕާކު ކުރުމަށް އެކަށޭނަ ޖާގަ ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބައިސްކަލު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ޙިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ނިޒާމް އެކުލެވޭ ސިސްޓަމެކެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއްކަމަށެވެ. އަދި މި ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު އާންމު ކުރެވިގެން މިދަނީ މި އަހަރުގެ ‘ވޯލްޑް ބައިސިކަލް ޑޭ’ އާ ގުޅިގެންކަންވެސް ޓިމް ފާހަގަކުރެއްވިއެވެ.

އަދި ހަމައެއާއިއެކު މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިން ބޭންކިންގ ޙިދުމަތާއެކު ބޭންކް އޮފް މޯލްޑިވެސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާޠިލަށްވުރެ ގިނަ ވޯޓް ހޯއްދެވޭތޯ ބައްލަވާ – ފައްޔާޒު

އެމްޑީޕީ ރޫޅާލުމުގެ މަސައްކަތްކުރުމުގެ ބަދަލުގައި، ރިޔާސީ އިންތިހާބުގައި ބާތިލް ވޯޓަށްވުރެ ގިނަ ވޯޓް ހޯދޭތޯ ބެއްލެވުމަށް އެމްޑީޕީގެ ޗެއަރޕާސަން ...

ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނދެވަނަމެޗްވެސް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ދެވަނަމެމެޗްވެސް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ރޭ ކުޅެވުނު ...

ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފި އެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ ހައްޖު ދުވަހެއްގެ ފަތިސް ...