ކޮވިޑް ބަލީގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ނިޔާވެއްޖެ

advertisement

ކޮވިޑް ބަލީގައި ރާޢްޖެއިން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ. މީ މި ބަލީގައި ރާޢްޖެއިން ކުޑަކުއްޖަކު ނިޔާވި ފުރތަމަ ފަހަރެވެ.

މިކުއްޖާ ނިޔާވެފައިވަނީ ހާލު ބޮޑުވެގެން އައިޖީއެމްއެޗަށް ގެންގޮސް އެމަރޖެންސީގައި ފަރުވާދެމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ހޭނެތިފައެވެ. މި ކުއްޖާގެ މަރާއި އެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު 170 އަށް އެރީއެވެ. މި ކުއްޖާގެ އިތުރުން ދެން މިބަލީގައި ރާޢްޖެއިން ނިޔާވެފައިވާ އެންމެ ހައްގު ދިވެއްސަކީ އުމުރުން 30 އަހަރުގެ އަންހެނެކެވެ.

ކޮވިޑްބައލީގައި ވޭތުވެދިޔަ 21 ގަޑިިއިރު ރާއްޖެއިން 9 މީހަކު ވަނީ ނިޔާވެފައެވެ . އިއްޔެ ރާއްޖެއިން އަށް މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

ކޮވިޑްގައި ބޮޑުވަރުވަނީ ދިފާޢީ ނިޒާމު ބަލިކަށި މީހުންކަމަށް މީގެ ކުރިން ޤަބޫލުކުރެވިފައި އޮތްނަމަވެސް ބަލީގެ އަސްލަށް އަންނަމުންދާ ބަދަލާއެކު ބަލިޖެހޭ ޒުވާނުންނަށް އޮތް ނުރައްކާވެސްވަނީ ބޮޑުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވާ މީހުން ބަލިން ރަނގަޅުވުމަށްފަހުވެސް އެތައް މަހެއްވަންދެން އޭގެ އަސަރުތައް ހަށިގަނޑުގައި ދެމިހުރެއެވެ. އޭގެ ސަބަބުން ވަރުބަލިވުމާއި ހަނދާން ނެތުމާއި ނަފްސާނީ މައްސަލަތައް ބޮޑުކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ- ޑރ.ޑީޑީ

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށާ އަދި އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ...

ރާއްޖޭގެ އިގުތިސޯދު މިވަނީ ކުއްލި އަވަސް ފަރުވާއަށް ބޭނުންވެފައި- ރައީސް ޑރ: މުއިއްޒު

ރާއްޖޭގެ އިގުތިސޯދު މިވަނީ ކުއްލި އަވަސް ފަރުވާއަށް ބޭނުންވެފަ ކަމަށާ، މިއީ ތާރީގުގައި ވެސް އެންމެ ދަރަނި ބޮޑު ...

ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސް ޞާލިޙް ވޯޓު ހޯއްދަވާނެ: ސިޔާމް

ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް ވޯޓުލިބިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ...