މިއަދު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ދެމީހުންކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން ހާމަކޮށްފިއެވެ. ސިއްހީމަރުކަޒުން ހާމަކޮށްފައިވާގޮތުގައި މިއަދު ޕޮޒިޓިވް ދެމީހުންނަކީވެސް ހޯމްކަރަންޓީނުގައި ތިބި ދެމީހުންކަމަށެވެ. އޭގެތެރެއިން އެކަކީ ބިދޭސީއެއްކަމަށާ އަނެއް މީހާއަކީ ދިވެއްސެއްކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއްވިއެވެ.
މިއަދު ޕޮޒިޓިވްވި މިދެމީހުންނާއެކު އެކު ޖުމްލަ 69 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުޅުދޫން ޕޮޒިޓިވްވި 58 މީހުންނާއި މީދުން ޕޮޒިޓިވްވި 11 މީހުންނެވެ. ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދާހަމައަށް 20 މީހަކު ބަލިން ރަގަޅުވެފައިވާކަމަށްވެސް ސިއްހީމަރުކަޒުން މައުލޫމާތު ދެއްވާފައިވެއެވެ. އެހެންކަމުން ހުޅުދޫއާއި މީދޫގައި އެކްޓިވް ކޭސްގެ ގޮތުގައި މީހަރު ވާނީ 49 މީހުންކަމަށްވެސް ސިއްހީމަރުކަޒުންވަނީ މައުލޫމާތު ދެއްވާފައެވެ. ހުޅުދޫއާއި މީދުން ކޮވިޑަށް ޓެސްޓްކުރުމަށް އިއްޔެ ނަގާފައިވަނީ 31 ސާމްޕަލެވެ.
ހުޅުދޫއާއި މީދޫގައި ކޮވިޑްގެ ކޭސްތައް މަދުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ހުޅުމީދޫ ސިއްހީމަރުކަޒުންދަނީ އިރުޝާދު ދެމުންނެވެ.
އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
ހުޅުދޫއާއި މީދޫ ގައި ކޮވިޑް 19 ގެ ވައިރަސް ފެތުރެމުންދާތި މެއި މަހުގެ 13 ވަނަ ދުވަހުން ންފެށިގެން އެއް ހަފުތާއަށް ހުޅުދޫ މީދޫގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ .
އަދި މީގެ އިތުރަށް ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ކާފިއުގެ ވަގުތު މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު :4:00 އަށް ވަނީ އިތުރުކޮށްފިއެވެ.
ކޮމެންޓްސް (0)