ގައުމު ސްޓްރީޓް ކަޕް : ސެމީފައިނަލް މެޗުތައް މިރޭ ކުޅޭނެ

ގައުމުން އިންތިޒާމް ކޮށްގެން ބާއްވާ ގައުމު ސްޓްރީޓް ކަޕް  ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް މިރޭ ކުޅޭގޮތައް ޝެޑިއުލްކޮށްފިއެވެ.

މިދިޔަ މަހުގެ 15  ވަނަ ދުވަހުން ފެށިގެން މީދޫގައި ކުރިއަށް ގެންދާ  މި މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މިރޭ ބައްދަލުކުރާނީ ކުއާޓާފައިނަލްގެ ފުރަތަމަ މެޗުގައި މީދޫ ވަރުގަދަ ޗެލެންޖާސްއާއި މީދޫ ޒުވާން ކުޅުންތެރީން ހިމެނޭ ލޮތަރި ބައްދަލުކޮށް ކުޅުނު މެޗުން މޮޅުވެ ސެމީން ޖާގަހޯދި ލޮތަރިއާއި ކުއަޓާފައިނަލްގެ 3 ވަނަ މެޗުން މޮޅުވި ފޭދޫ ސަންއޮފް ލޮންސްއެވެ.

މިރޭ 8:30 ގައި ކުޅޭގޮތައް ޝެޑިއުކޮށްފައިވާއިރު މިމެޗްގައި ބައްދަލުކުރާ ލޮތަރިއާއި ސަންއޮފް ލޮންސްއަކީ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެއްގްރޫޕެއްގައި ހިމެނުނު ދެޓީމެވެ. ގްރޫޕް ސްޓޭޖްގައި މިދެޓީމް ބައްދަލުކޮށް ކުޅުނުމެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ސަންއޮފް ލޮންސްއެވެ.

މިރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަމެޗް ގައި ބައްދަލުކުރާނީ ކުއާޓާފައިނަލްގެ ދެވަނަ މެޗުން ހިތަދޫ އުސްގަޑަ ބަލިކޮށް ސެމީފައިނަލުންޖާގަހޯދި ހިތަދޫ ރިވެރިންއާއި ކުއާޓާފައިނަލްގެ 4 ވަނަ މެޗުގައި މަރަދޫ ގަބުރު ބަލިކޮށް ސެމީން ޖާގަ ހޯދި ފޭދޫ ހަބޭސްއެވެ.

މިމެޗްގެ ކުޅުން އޮންނާނީ މިރޭގެ 21:30 ގައެވެ.

މި މުބާރާތުގައި އައްޑޫސިޓީގައި ފުޓްސަލްއާއި ސްޓްރީޓް ފުޓްބޯޅައިގައި  މަޝްޙޫރު ބައެއް ތަރިން ދަނީ ކުޅެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަރީފީ ޕްރީސްކޫލްގެ 25 ވަނަ އަހަރީދުވަސް ފާހަގަކޮށްފި

މީދޫ ޝަރީފީ ޕްރީސްކޫލްގެ 25 ވަނަ އަހަރީދުވަސް އެސްކޫލުގައި ފާހަގަކޮށްފިއެވެ. މިގޮތުން ޝަރީފީ ޕްރީސްކޫލުގެ 25 އަހަރީދުވަސް ފާހަގަ ...

ކަރަންޓާއި ފެން ބިލުން ބައެއް ސަރުކާރުން ހިލޭކުރަނީ

ކޯވިޑް-19 އާއި ގުޅިގެން އާޢްމުންނަށް ދިމާވާނެ މާލީ ހާލަތަށް ބަލާ ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ...

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގެ މެޗްތައް މިރޭ ފަށަނީ

ގައުމު ސްޓްރީޓް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗުތަކުގެ ތެރެއިން ދެމެޗެއްގެ ކުޅުން މިރޭ ފަށަން ތާވަލްކޮށްފި ...