ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރަން ހުށައަޅައިފި

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް ހުށައަޅައިފިއެވެ.

ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކި ކުރަން ހުށައެޅުއްވީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.

މައްސަލަ ހުށައެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރި އޯޑިއޯތަކެއް ލީކުވުމުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކެއް ކުރެވި، މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާތީ ކަމަށެވެ. އަދި މި މައްސަލަ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށް ވެސް ހުށައެޅި ސަބަބުގައި ބުންޏެވެ.

މިނިސްޓަރު ނަހުލާއަށް ޖިންސީ ފުރުއްސާރަ ކުރި ކަމަށް ބުނާ އޯޑިއޯގެ މައްސަލައާ ގުޅިގެން ވެސް ޖޭޕީގެ ކައުންސިލަށް މައްސަލަ އަށް ހުށައެޅިއެވެ. އެކަމަކު ރައީސް ސޯލިހު އެކަމަށް ވަކިގޮތެއް ނުނިންމަަވާތީ ޖޭޕީން އަލީ ވަހީދަށް ފިޔަވަޅެއް ނާޅައެވެ.

އަލީ ވަހީދު އަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ. އަދި އެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީޕީއެމުން ވަކިކުރަން ނިންމި ނިންމުން ބަލައެއް ނުގަންނަން: މަލީހް

ކުރީގެ ރައީސް ޔާމީނު ފަޅީގައި ހުންނެވި މުހައްމަދު މަލީހް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކުރުމަށް ...

އައްޑޫމީދޫ ދާއިރާއަށް މިވަގުތު އެންމެ މުހިއްމީ ޑިޓޮކްސެންޓަރެއް – ރޮޒެއިނާ

މިވަގުތު ބަނދަރަކަށްވުރެ އަދި ބިންހިއްކުމަށްވުރެވެސް މުހިއްމުކަމަކީ ޑިޓޮކްސް ސެންޓަރެއް މިދާއިރާގައި ގާއިމްކުރުންކަމަށް ރޮޒެއިނާ އާދަމް ވިދާޅުވެއްޖެވެ. ރޮޒެއިނާ މިހެން ...

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ރަސްމީ ދުތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ...