ކޮވިޑް-19 ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ ޓެސްޓް އައްޑޫއިން މިހާރު ހެދޭނެ : ޝަރަފުއްސާދާތު

އައްޑޫގައި ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް 150 އަށް ވުރެ ގިނަ ޓެސްޓު މިހާރު ހެދޭނެ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުވެއްޖެވެ. ޝަރަފުއްސާދާތު މިހެން ވިދާޅުވެފައިވައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ޝަރަފުއްސާދާތު ވިދާޅުވީ، އެހޮސްޕިޓަލުގައި ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޓެސްޓު ހަދަން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުކަމަށެވެ.  މިގޮތުން އެންމެ ފުރަތަމަ  އެ ހޮސްޕިޓަލުން ހަދަން ފެށީ، ބަޔޯފަޔަރ ރެޕިޑް ޕީސީއާރު ޓެސްޓްކަމަށާ އޭރު  ދުވާލެއްގެ މައްޗަށް ހެދެނީ  24 ޓެސްޓްކަމަށް ޝަރަފް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ޝަރަފުއްސާދާތު އިތުރަށް ވިދާޅުވީ، އެ ހޮސްޕިޓަލުގައި ޕީސީއާރު މެޝިން ބޭނުން ކުރަން ފެށުމާއެކު ޓެސްޓު ކުރުމުގެ ޤާބިލްކަން އިތުރުވެގެން ދިޔަކަމަށެވެ. އަދި އެމެޝިނުން ދުވާލަކަށް 100އަށްވުރެ ގިނަ  ޓެސްޓް ހެދޭނެކަމަށާ އެހެން ކަމުން މިހާރު ދުވާލެއްގެ މައްޗަށް ޓެސްޓް ހެދޭ މިންވަރު 150 އަށް އިތުރު ކުރެވިފައިވާ ކަމަށް ޝަރަފް ވިދާޅުވިއެވެ.

އައްޑޫގައި ޕީސީއާރު ޓެސްޓު ހަދަން ފެށި ފަހުން މިހާތަނަށް މުޅިއެކު 250 އަށް ވުރެ ގިނަ ޓެސްޓު ހަދާފައިވާ ކަމަށާ މީއީ އައްޑޫގައި ކަރަންޓީނު ކުރެވިފައި ތިބި ފަރާތްތަކުގެ ޓެސްޓްތައް ކަމަށް ވިދާޅުވަމުން ޝަރަފް ވިދާޅުވީ  ފުވައްމުލަކު ސިޓީން ލިބުނު ބައެއް ސާމްޕަލް ތަކުގެ ޓެސްޓުވެސް އެ ހޮސްޕިޓަލުން ކުރެވިފައިވާނެކަމަށްވެސް ޝަރަފް ވިދާޅުވިއެވެ.
ޝަރަފްވިދާޅުވީ އައްޑޫގައި ކޮވިޑް 19 އަށް ޓެސްޓް ކުރެވެން ފެށުމާއެކު ބައެއް ސާމްޕަލް ހުރި މިންވަރަށް ބަލައި ބައެއް ފަހަރު ސާމްޕަލް ތައް މާލެއަށް ފޮނުވާލާން ޖެހުނު ނަމަވެސް މިހާރު ޓެސްޓް ހެދުމުގެ ކެޕޭސިޓީ އިތުރުވުމާ ގުޅިގެން ޓެސްޓް ކުރަން ކުރިން ދިމާވި މައްސަލައަށް ޙައްލު ލިބިގެން ދާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ސަރުކާރުން ދަނީ ހަމަ ޖައްސަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް މިބައްޔަށް ޓެސްޓު ކުރަން ވަނީ ފަށާފައެވެ. މީގެ އިތުރުން ޖީއެކްސްޕާޓް މެޝިން ބޭނުން ކޮށްގެން އިތުރު 6 ރަށެއްގައި ޓެސްޓު ކުރުމުގެ އިންތިޒާމު ސަރުކާރުން ދަނީ ހަމަ ޖައްސަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނިޕާ ވައިރަސް ފަތުރާ ވާ ރައްޖޭގައި އުޅޭތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

އިންޑިއާގެ ކެރެލާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރައްޖޭގައި އުޅޭތީ، އެ ބަލި ރާއްޖެއަށް ...

ޑރ މުއިއްޒުގެ ކެބިނެޓަށް ނޯ ޖަހަން ނިންމީ ރައީސް ސާލިހުގެ މަޝްވަރާގެ މަތިންނެއް ނޫން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ އިންތިހާބީ ރައީސް ޑރ މުހައްމަދު ...

ގަމުގައި ހިންގަމުން އައި ފްލައިން ސްކޫލް ހިންގުން އެވިޑް ކޮލެޖުގެ ދަށަށް ބަދަލު ކޮށްފި

އައްޑުސީޓި ގަމުގައި އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް( އޭއޭއޭ ) ގެ ފަރާތުން ހިންގަމުން އައި ފްލައިންގ ސްކޫލު ...