ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ އަލުން ފަށާފައިވާއިރު ލަލީގައި މަޔޯކާއަތުން މޮޅުވެ ޕޮއިންޓް ޓޭބަލުން 5 ޕޮއިންޓްގެ ލީޑެއް  ބާސެލޯނާ ހޯދައިފިއެވެ.

ރޭ ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުނުތަނާހެން ބާސެލޯނާއިން ލީޑު ނަގާފައިވާއިރު، ރޭގެމެޗުގެ ފުރަތަމަ ލަނޑު  2 ވަނަ މިނަޓްގައި ވިދާލް ބޮލުން ކާމިޔާބުކޮށްދިން  ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު  ބާސެލޯނާގެ ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 37 ވަނަ މިނަޓްގައި ބްރެއިތުވެއިތު ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ބްރެއިތުވެއިތު ބާސެލޯނާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ޚާއްސަ ހުއްދައެއްގެ ދަށުން ބްރެއިތުވެއިތް ބާސެލޯނާއާއި ގުޅުނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ބާސެލޯނާގެ ތިންވަނަ ލަނޑު 79 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ.

ބާސެލޯނާގެ ހަތަރުވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި  ކާމިޔާބުކޮށްދިނީ ކެޕްޓަން މެސީއެވެ.

ރޭގެ މޮޅާއެކު ބާސެލޯނާވަނީ5 ޕޮއިންޓްގެ ލީޑަކަށް ލިބިފައެވެ.  28 މެޗުން ޖުމްލަ 61 ޕޮއިންޓް ބާސެލޯނާއަށް ލިބިފައިވާއިރު ދެވަނާގައި އޮތް ރެއާލްމެޑްރިޑަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.

ރެއާލްމެޑްރިޑް މިރޭ އޭބާއާއި ދެކޮޅަށް ކުޅޭމެޗުން މޮޅުވެއްޖެނަމަ 59 ޕޮއިންޓް ލިބިގެން ބާސެލޯނާއާއި ދެމެދުއޮތް 5 ޕޮއިންޓްގެ ލީޑު 2 ޕޮއިންޓަށް ކުޑަކުރެވިދާނެއެވެ. ރެއާލްއާއި އޭބާ ބައްދަލުކުރާމެޗްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މިރޭ 10:30 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސީދާ ތިންސެޓުން މީދޫޓީމް ބަލިކޮށް ފޭދޫ ފާހި ޗެމްޕިއަންކަން ހޯދައިފި

މިއަދު ހަވީރު މަރަދޫ ފޭދޫގައި ކުޅެވުނު އައިވީ މިކްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ފާހި ސްޕޯޓްސް ކްލަބް ...

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އެލައިޑުން ލައިފް އިންޝުއަރެންސް ތައާރަފްކޮށްފި

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އެލައިޑުން ލައިފް އިންޝުއަރެންސް ތައާރަފްކޮށްފި އެވެ. ރޭ ކުރިއަށްދިޔަ އެލައިޑްގެ ސްޕެޝަލް އިވެންޓް ...

އިންޑިއާ ހައިކޮމިޝަނުން ހުށަހެޅި މައްސަލަ ފުލުހުން ދަނީ ބަލަމުން

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެތިބޭ މައްސަލައާ ގުޅިގެން، އާންމު ރައްޔިތުން މީސްމީޑިއާގައި “އިންޑިއާ އައުޓް” ކިޔުން މައްސަލައަކަށްވެ، ފުލުހުން ...