ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނަ ގޮތައް ބަލާއިރު އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނީ މެއި މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެދުވަހު އެކަނިވެސް 1600 މީހުންނަށް ބަލި ޖެހިފައި ތިބެދާނެ ކަމަށް ލަފާކުރައްވާކަމަށް ޑރ ޝީނާ މޫސާ ވިދާޅުވެއްޖެވެ.
ޑރ. ޝީނާ މިގޮތައް ލަފާ ކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޝީނާ ވިދާޅުވީ ކޮވިޑް-19 އަށް ރާއްޖޭގައި ޓެސްޓް ކުރެވޭ ނިސްބަތް ވަރަށްބޮޑަށްވެސް މަދު ކަމަށެވެ.
” އެކަށީގެންވާ ވަރަށް މިހާރު ޓެސްޓް ކުރެވޭނަމަ ކޮންމެ ދުވަހަކު 300 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވާނެ ކަމަށް ލަފާކުރެވޭ. އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތަށް ބަލާއިރު ޓެސްޓިން ސްޓްރެޓެޖީ އެބަ ޖެހޭ ބަދަލު ކުރަން. މިހާރު ޓެސްޓް ކުރަނީ ހަމައެކަނި ހައި ރިސްކް މީހުން އެކަނި ” މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝިނާ މޫސާ ވިދާޅުވިއެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރި އެންމެ ގިނަ މީހުންނަށް ބަލި ޖެހޭ ދުވަހު އައިސީޔޫގައި 101 މީހަކު ތިބެދާނެ ކަމަށް ލަފާ ކުރެވޭ ކަަމަށާ ރާއްޖޭގައި ކޮވިޑް-19 ރާއްޖޭގައި ފެތުރި އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނީ މެއި މަހުގެ 31 ވަނަ ދުވަހުކަމަށް ވިދާޅުވަމުން ޑރ ޝީނާ ވިދާޅުވީ އެދުވަހު އެކަނިވެސް 1600 މީހުންނަށް ބަލި ޖެހިފައި ތިބެދާނެ ކަމަށެވެ.
ޑރ. ޝީނާ ލަފާކޮށްފައިވާގޮތުން ޕީކް ދުވަހު 12 މީހަކު އައިސީޔޫގައި އެޑްމިޓް ކުރަންޖެހިދާނެކަމަށާ އަދި އެ ދުވަހު ޖުމްލަ 101 މީހަކު އައިސީޔޫގައި ތިބޭނެ ކަމަށް ލަފާކުރައްވާކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އަދި މުޅި އެއްކޮށް ބާލާނަމަ 5600 މީހުންނަށް އައިސީޔޫގައި ފަރުވާދޭނެ ޖެހިދާނެކަމަށް ލަފާކުރެވޭކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ.ޝީނާ ވިދާޅުވީ ރާއްޖެ އިން 77000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކޮމެންޓްސް (0)