އިތުރު 36 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މި 36 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި ހަ ދިވެހިންނާއި އިންޑިއާ މީހެކެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާގޮތުން މި 36 މީހުންގެ ތެރެއިން 30 މީހުންނަކީ ތިން ގެއެއްގައި ދިރިއުޅެމުން ދިޔަ މީހުން ކަމަށެވެ. މި އެންމެންވެސް މިހާރު އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސްއެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.
މި 36 މީހަކު ޕޮޒިޓިވް ވުމާއެކު މިހާރު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 177 އަށް އަރާފައެވެ
( ތަފްސީލް އަންނަނީ )
ކޮމެންޓްސް (0)