މާލެ ސަރަހައްދުން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން އަންގައިފި

މާލެ ސަރަހައްދުން މިފަހުން އެކި ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އަންގައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރުނު އެންގުމުގައި ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކުނަމަ، އެމީހަކު ރަށަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ދިރިއުޅޭ ތަނުގައި ނުވަތަ އެނޫން ވެސް ތަނެއްގައި އެކަހެރިވުމަށް އަންގާ ކަމަށެވެ.

އަދި މިމަހުގެ 15 ވަނަ ދުވަހުއިން ފެށިގެން މި ސަރަޙައްދަށް ވައިގެ މަގުން، ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދެއްގައިވާ މީހަކު މި ސަރަހައްދުގެ ރަށަކަށް ފައިބައިފި ނަމަ، އެފަދަ މީހަކު ދިރިއުޅޭ ރަށަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެ ފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުމަށް ވަނީ އަންގާފައެވެ. މި އެންގުމާ އެއްގޮތަށް މީހުން އަމަލު ކުރެވޭތޯ ބެލުމުގެ ޒިންމާ ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް ވަނީ މާލެ ސރަޙައްދު ހިމެނޭ ރަށްތަކަށް ވައިގެ މަގުން، ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދުގައިވާ މީހުން ކޮވިޑް-19 އިން ރައްކައުތެރި ކުރުމަށްޓަކައި، ޞިއްޙަތު ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް އަންގަވާފައެވެ. މިގޮތަށް އަންގާފައިވީނަމަވެސް ޑިރެކްޓަރ ޖެނެރަލް ކަނޑައަކާ ޚައްސަ ހާލަތްތަކުގައި އަމަލުކުރެވޭނެކަމަށް މި އުސޫލްގައިވަނީ އަންގާފައެވެ.

މި ފިޔަވަޅުތައް ތަންފީޛުކޮށް، ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއިފަރާތްތަކަށް އަންގާފައިވާއިރު މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތ ވަނީ އަންގާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީޑިއާނެޓަށް ބުރަވެފައިވާ ގަވައިދާއި މަޖިލީސްވެސް ދެކޮޅު!

މީޑިއާނެޓަކީ ދިވެހިރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ކުންފުންޏެވެ. މި ކުންފުންޏަށް މި ދާއިރާ ...

ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުންދިނުން ...

ކޮވިޑާ ގުޅިގެން ދިން އާސަންދަ ލުއިތައް އުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އާސަންދަ ސްކީމްގެ ހިދުމަތް ދިނުމުގައި ދިން ލުއިތައް އުވާލައިފިއެވެ. އާސަންދައިން ބުނީ ކޮވިޑް-19 އާ ...