ކޮވިޑާ ގުޅިގެން ދިން އާސަންދަ ލުއިތައް އުވާލައިފި

advertisement

ކޮވިޑް-19 އާއި ގުޅިގެން އާސަންދަ ސްކީމްގެ ހިދުމަތް ދިނުމުގައި ދިން ލުއިތައް އުވާލައިފިއެވެ.

އާސަންދައިން ބުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލައު އުވާލުމާއި ގުޅިގެން އާސަންދަ ސްކީމްގެ ހިދުމަތް ހޯދުމުގައި އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ އެ ހާލަތުގައި ދީފައިވާ ލުއިތައް އުވާލާ ކުރީން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރު ކޮށް ދެމުން ގެންދިޔަ ގޮތަށް ހިދުމަތްތައް ބަދަލު ކޮށްފައިވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން އާސަންދަ ސްކީމް މެދުވެރިކޮށް، ޑޮކްޓަރަށް ދެއްކޭނެ އުސޫލުތަކާއި ބޭސް ނެގޭނެ އުސޫލުތަކަށް ބަދަލު ގެނައެވެ. އަދި ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހެއްދުމުގައި އައިޑީކާޑްގެ އަސްލު ގެނައުމާ ނުލައި ކާޑުގެ ނަންބަރު ބުނުމުންވެސް އެޕްއިންޓްމަންޓް ދޫކުރަމުން ދިޔައެވެ. ނަމަވެސް ކޮވިޑްގެ ޙާލަތު ރަނގަޅުވުމާއި ގުޅިގެން މިހާރުވަނީ އާސަންދައިން ދިން ލުއިތައް އުވާލާފައެވެ.

އާސަންދަ އިން ނެރުނު ބަޔާނެއްގައި ބުނީ އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ދެވޭނީ އައިޑީކާޑު ނޫނީ ޕާސްޕޯޓުގެ އަސްލު ނުވަަތަ ކޮޕީ ހުށައެޅުމުންކަމަށެވެ.

އަދި އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށް ދޭނީ ހަމައެކަނި “ވިނަވި” ޕޯޓަލް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނެވެ. އަދި އޮންލައިން ކޮންސަލްޓޭޝަންގެ ތެރެއިން ބަލިމީހާއަށް އިތުުރު އެއްވެސް ހިދުމަތެއް ނަގަން ރިކްއެސްޓް ކުރާނަމަ އެ ރިކްއެސްޓެއް “ވިނަވި” ޕޯޓަލް އިން ކުރަން ޖެހޭނެ ކަމަށެވެ. އެ ޕޯޓަލް އިން ރިކްއެސްޓް ނުކުރާނަމަ ހިދުމަތެއް ނުދޭނެ އެވެ.

މީގެ އިތުރުން ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންވެސް ކުރީން ހިދުމަތް ފޯރުކޮށް ދިން ގޮތަށް ކޮންމެ ބޭސްސިޓީއަކަށްވެސް ބޭސް ދޫކުރާނީ އެއް ފަހަރު އަދި އަލުން ބޭސް ނަގަން ޖެހޭނަމަ އައު ބޭސް ސިޓީއެއް ހޯދަން ޖެހޭނެ ކަމަށެވެ.

އަދި މިހާރު ބޭސް ނެގުމުގައި އަތުން ލިޔެފައިވާ ބޭސް ސިޓީ، އާސަންދަ ސްކީމްގައި ބޭނުން ނުކުރެވޭނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. ކޮންމެ ބޭސް ސިޓީއެއްވެސް ހުންނަންވާނީ އީ-ޕްރިސްކްރިޕްޝަނަށް ނުވަތަ ބޭހުގެ ނަން ލިޔެ ޕްރިންޓްކޮށްފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަނޑު އުޅަދަކުން އައްޑޫގެ އަވަށަކަށް މީހުން ބޭލުމުގެ ކުރީން އެކަން އެންގުމަށް އިއުތިމާސްކޮށްފި

އެމްޕީއެލް ފެރީ ނިޒާމުގެ ތެރެއިން ނޫންގޮތަކަށް މީހުން ގޮވައިގެން ރާއްޖޭގެ އެއްވެސް ތަނަކުން ފުރައިގެން އައްޑޫގެ އެއްވެސް އަވަށަކަށް ...

ކުޅުދުއްފުށީ ސިޓީ ކައުންސިލް އެއްކޮށް “ދަ ޑިމޮކްރެޓްސް” އަށް

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. މި ބޭފޫޅުން “ދަ ...

ކޮވިޑް 19- އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވްވެފައިވަނީ 7 މީހުން

އައްޑޫ ސިޓީއިން މިއަދު އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވްވި ...