ކޮރޯނާ ވައިރަަސް: ޝައްކުވެ އައްޑޫއިން ނެގި ތިން ސާމްޕަލްވެސް ނެގެޓިވް

އަވައްޓެރި އިންޑީއާގެ ކޮޗިންއަށް ދަތުރުކޮށްފައި އައި މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން އައްޑޫސިޓީން ސާމްޕަލް ނެގި ތިން މީހުންގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި އެވެ.

ރާއްޖެއިން ބޭރުގެ ހުރިހާ ގައުމަކުން އަންނަ ދިވެހިންވެސް 14 ދުވަހަށް ކަރަންޓީން ކުރާގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. މީގެ ކުރިން ކަަރަންޓީން ފެސިލިޓީއަކަށް ގެންދިއުމަށް ނިންމާފައިވަނީ ހަމައެކަނި ޓްރެވެލް ރެސްޓްރިކްޝަން ނެރެފައިވާ ގައުމުތަކަށް އެކަންޏެވެ. ކޮޗިންއަށް ދަތުރުކުރި އެ ދިވެހި މީހާއަކީ އެ ނިންމުމަށް އަމަލު ކުރުމަށް ފެށުމުގެ ކުރިން ރާއްޖެ އައި މީހެކެވެ.

އައްޑޫއިން ސާމްޕަލް ނެގި އިތުރު ދެ މީހުންނަކީ ބެލެވޭ ގޮތުގައި އޭނާގެ ކޮންޓެކްޓްސްއެވެ. އަދި ދަތުރުކުރި މީހާއާއި ގުޅޭގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އުފެދިގެން ދިޔައެވެ. އަދި އޭނާއާއި ގުޅޭގޮތުން ވާހަކަތަކެއް ވެސް ދެކެވުނެވެ.

ކޮރޯނާއާއި ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އައްޑޫ ސިޓީގެ އެމީހާ ޝައްކުވާ އަލާމާތްތަކެއް ހުރުމުން އައްޑޫ ހޮސްޕިޓަލަށް ދިޔައީ އަމިއްލައިން ކަމަށެވެ. އޭނާ ދިޔައީ އެކުއަޓޯރިއަލް ހޮސްޕިޓަލްގެ އީއާރްއަށް ކަމަށާއި އޭރު އެތަނުގައި ތިބި ނަރުހުންނާއި ޑޮކްރުން އެޓެންޑުވީ ކަމަށެވެ. އެހެން ނަމަވެސް އެ މީހުން އެޓެންޑުވީ ޕްރޮޓެކްޓިވް ގިއާރގައި ނޫން ކަމުން އެ މީހުން އައިސޮލޭޓު ކުރިއެވެ.

މީގެކުރިން ވެސް އައްޑޫ ސިޓީއަށް ކޮޗިންއިން އައި ކުޑަކުއްޖެގެ ފަރާތުން ވެސް ބަލީގެ އަލާމާތްތަކެއް ފެނިގެން ގެ ލޮކްކުރިއެވެ. އެ ކުއްޖާގެ ނަތީޖާތައް ނެގެޓިވެއެވެ.

މިހާތަނަށް ރާއްޖޭގައި ޔޫކޭއިން އެނބުރި އައި ތިން ދިވެއްސަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ އެމީހުން ރާއްޖެއަށް އައި ގޮތަށް ވެސް ތިބީ އެކަހެރިކޮށް ކަރަންޓީނު ފެސިލިޓީތަކުގަ އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތް: ޖަރުމަން ޗެމްޕިއަންކަން ހޯދައިފި

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނުޓީމް ހޯދައިފިއެވެ. ޖަރުމަނުޓީމުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ...

ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް މުބާރާތުން ވަކިކޮށްފި

ޔޫއެސް އޯޕަން ޓެނުސް މުބާރާތުގެ  ހަތަރު ވަނަ ބުރުގައި މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ...

ދީނީ ޢިލްމުވެރިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ނާއިބު ރައީސް ޝުކުރު އަދާކުރައްވައިފި

ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ...