ކޮރޯނާ ވައިރަސް އަދި ހިމަބިއްސާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ކިޔަން އަންގައިފި

advertisement

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ރާއްޖޭއިން ފެންނަމުންދާ ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް އާންމުވެފައިވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި  ކޮރޯނާ ވައިރަސްއާއި ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު އާންމުވެފައިވާތީ މިފަދަ ނުރައްކާތެރި ބަލިތަކުން ރާއްޖެ ސަލާމަތްކޮށް ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް ޤުނޫތު ކިޔަން ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ގިނަ ދިވެހިން ދަތުރުކޮށް އުޅޭ އަވަށްޓެރި އިންޑިއާ އަދި ސްރީ ލަންކާ އިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާއިރު އެ ބަލީގައި މިހާތަނަށް 170 މީހުން މަރުވެފައިވެ އެވެ.

ވައިރަސް ޖެހުނު މީހުންގެ އަދަދު ހަތް ހާހަށްވުރެން އިތުރުވެފައިވާއިރު މިހާތަނަށް 17 ގައުމަކުން ކޮރޯނާވައިރަސް ފެނިފައިވެ އެވެ. އެހެންނަމަވެސް ރާއްޖެއިން އެ ބައްޔަށް ޝައްކުވާ މީހަކު އަދި ނުފެންނަ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ އެތަންތަޅާލީމުސް- އަސްލަމު

އައްޑޫ އަތޮޅުގެ އާބާދީއަށް ވުރެ ބިޔަ އާބާދީއެއް އެއް ތަނަކަށް ތޮއް ޖެއްސުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާ ...

އައިސީޔޫގައި ތިބި 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން: ޑރ. ނަޒްލާ

މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާ ދެމުން ދާ 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ...

އާ ސީޕްލޭން ޓާމިނަލްއިން ބައެއް ޓީއެމްއަށް ދޭން ރައީސް ނަޝީދު ވެސް ތާއިދު ކުރައްވައިފި

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ...