އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ އެތަންތަޅާލީމުސް- އަސްލަމު

އައްޑޫ އަތޮޅުގެ އާބާދީއަށް ވުރެ ބިޔަ އާބާދީއެއް އެއް ތަނަކަށް ތޮއް ޖެއްސުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާ އެކަނި ނިންމޭ ނިންމުމެއް ނަމަ ބޭނުންވީ ހިޔާފްލެޓްތައް ތަޅާލަން ކަމަށް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ އަންގާރަ ދުވަހު ރަށްޔިތުންގެ މަޖިލިހަށް ވަޑައިގެންނެވުމުން ނަފައިރުދާއިރާގެ މެމްބަރު ޝިޔާމު އަސްލަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ކުރީ ސަރުކާރު ނިމި މި ސަރުކާރު ވެރިކަމަށް އައި އިރު އެތަނުގެ މަސައްކަތް އޮތީ ނުނިންމޭ ހިސާބަށް ގޮސްފައި ކަމަށެވެ. އެހެން ނަމަވެސް އެތަން “ތަޅާލުމުގެ ވިސްނުން” ގެންގުޅުއްވި ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

“ފަންސަވީސް ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން ފުރަތަމަ އެޅި އެޅުން އެއީ ހަމަ ގޯސް ޕްލޭނެއް، އައްޑޫ ސިޓީގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި، ބާއްވަން އެ ޕްލޭން ކުރުން އެއީ ފުރަތަމަ ގޯސް ނިންމުމެއް،” އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވަނީ މިހާރު ރައްޔިތުންނަށް އެތަން ދިނުމުން އެފަރާތްތަކުން ދައްކަނީ އެތަނުގައި ދިމާވާ މައްސަލަތަކުގެ ވާހަކަތައް ކަމަށެވެ.

“ވިސްނިން ތަޅާލަން ވެސް، އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް، އޭރުވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮށްޓެކޭ، އެ ވާހަކަ ދައްކަން ފެށީމާ އަޅުގަނޑާ ދިމާލަށް ހެއްދެވީ ނުހެއްދެވިއަށް ގޮވި، ތިޔަ ހެވޭ ކޮތަރު ކޮށްޓަކަށް ވިޔަސް ތިމަންނަ މެންނަށް ދޭށެ ތިތަން، އެހެރީ ދީފަ،” އަސްލަމް ވިދާޅުވިއެވެ.

“އެހާ ކުޑަކުޑަ ތަންކޮޅަކަށް އެހާ ގިނަ މީހުން އެއްކޮށްލީމާ ވާނެ ގޮތުގެ ވާހަކަ މިހާރު ދައްކަނީ، އަޅުގަނޑުމެން، ސަރުކާރުން އެތަން ބަލަހައްޓާނެ ދެން، ކުރިއަށް އޮތް އަންނަން އޮތް ހުރިހާ ސަރުކާރަކުން ވެސް އެކަން ބަލަހައްޓާނެ، ގޯސް ނިންމުމަކަށް ބިނާވެގެން ގޮސް ނިމިފައި އޮތް ނިންމުމަކަށް ވީމާ މި ހިސާބަށް މިކަން ގޮސްފައި މިއޮތީ،”، އަސްލަމް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ ޓިކެޓްގައި މޭޔަރުކަމަށް ވާދަކުރައްވާނެ ބޭފުޅަކަށް ނިޒާރު ހޮވިއްޖެ

އެމްޑީޕީގެ ޓިކެޓުގައި  ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީގެ މޭޔަރުކަމަށް ވާދަކުރާނެ ބޭފުޅަކަށް  ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް ...

ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ތަރައްޤީ ހަލުވިވެ ލިބޭ ފައިދާ ބޮޑުވާނެ: އިކްރާމް

ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ...

ބޭރު ޓީޗަރުންނަށް ދޭގޮތަށް އެލަވަންސްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ: މެމްބަރު އަލީ ހުސައިން

ބޭރު ޓީޗަރުންނަށް ދޭގޮތައް ދިވެހި ޓީޗަރުން އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ރައްޔަތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ...