މަގޫދޫގައި ބަހައްޓާފައިހުރި ސޯލާ ކަރަންޓުގެ ނިޒާމުން އުފައްދާ ކަރަންޓު ފެނަކައަށް ގަނެފި

ފ. މަގޫދޫގައި ގާއިމުކޮށްފައިވާ ސޯލާ ކަރަންޓުގެ ނިޒާމުން އުފައްދާ ކަރަންޓު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ގަތުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މަގޫދޫގައި ގާއިމު ކޮށްފައިވާ ސޯލާ ކަރަންޓުގެ ނިޒާމަކީ އިޓަލީގެ މިލާނޯ ބިކޯކާ ޔުނިވާސިޓީ މެދުވެރިކޮށް ގާއިމުކޮށްފައިވާ ނިޒާމެކެވެ. މި އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުގެ ސައިޒަކީ 30 ކިލޯވޮޓް ޕީކެވެ.

އެ ނިޒާމުން އުފައްދާ ކަރަންޓު ގަތުމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. މަގޫދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދެވެ.

މިއީ ފެނަކައިން ސޮއިކުރި ފުރަތަމަ ކަރަންޓު ގަތުމުގެ އެއްބަސްވުމެވެ. އަދި މިއީ ރާއްޖޭގެ ރަށު ކައުންސިލަކާއި ޔުޓިލިޓީ ކުންފުންޏަކާއެކު ވެވެނު ފުރަތަމަ ކަރަންޓު ގަތުމުގެ އެއްބަސްވުންވެސް މެއެވެ.

މި އެއްބަސްވުމާއެކު ފެނަކައިން އުފައްދާ ކަރަންޓުގެ ބައެއް އެ ސޯލާ ނިޒާމުން ލިބޭ ކަރަންޓުގެ ގޮތުގައި ބޭނުންކުރެވި، ފެނަކައަށް ތެލުގެ ހަރަދު ކުޑަ ވެގެންދާނެއެވެ. އަދި ފެނަކައަށް ކަރަންޓު ވިއްކުމުން ކައުންސިލަށް އެއިން މަންފާ ލިބިގެންދާނެއެވެ.

ފެނަކަ އިން ބުނީ، މި އެއްބަސްވުމުން ހާމަކޮށްދެނީ މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް އެފަދަ އިތުރު އިންޑެޕެންޑެންޓް ޕަވާ ޕްރޮޑިއުސާތަކުން އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ގަތުމަށް އެކުންފުނިން ތައްޔާރަށް އޮތް ކަން ކަމަށެވެ.

މަސްދަރު: ހަފްތާ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

” ދެކެނު އަށީގެ ” ނަމުގައި ޗޭނު ޖަމްއިއްޔާއިން ހިންގުމަށް ހުށަހެޅިޕްރޮޖެކްޓަށް ފައިސާގެ އެހީ ލިބޭގޮތައް ހަމަޖެހިއްޖެ

މީދޫ އެކުވެރިންގެ ޗޭނަށް ” ދެކުނު އަށީގެ ” ނަމުގައި ހިންގުމަށް ހުށަހެޅި ހޭލުންތެރިކަމުގެ ޕްރޮގްރާމަށް ފައިސާގެ އެހީ ...

ކޮވިޑް 19މިއަދު ހުޅުދޫއާއި މީދުން 5 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19މިއަދު ހުޅުދޫއާއި މީދުން 5 މީހަކު ޕޮޒިޓިވް ވެއްޖެ ތަފްސީލް އަންނަނީ

ޔުއެފާ ޗެމްޕިއަންސް ލީގު: ބަލިވި ދެ ޓީމު ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއާއި ޗެލްސީ ދަތުރު ކޮށްފިއެވެ. ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ...