ސިޔާކަޕް 2019: މީދޫ ދަނޑުގައި މީދޫ ގައުމު އެފްސީ 5 ލަނޑު 1 ލަނޑުން ބަލިކޮށް ހިތަދޫ ކްލަބްރިވެރިން ފައިނަލަށް

މީދޫ ގައުމު އެފްސީ ބަލިކޮށް ހިތަދޫ ކްލަބް ރިވެރިން ސިޔާކަޕް  ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗުގައި މިއަދު މީދޫ ގައުމު އެފްސީއާއި ހިތަދޫ ކްލަބްރިވެރިން ބައްދަލުކުރި ފޯރިގަދަ މެޗު ކްލަބް ރިވެރިން ކާމިޔާބުކުރީ 5-1 ލަނޑުގެ ތަފާތަކުންނެވެ.

މިއަދުގެ މެޗްގައި ގައުމުން އެޓޭކިން ގޭމެއް ކުޅުމަށް  މަސައްކަތްކުރި ކަމުގައިވިޔަސް ހިތަދޫ ކްލަބް ރިވެރިން ޓީމުގެ މެދުތެރެއިން ވަނީ ގައުމުން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ހުއްޓުވާފަ އެވެ.

މިގޮތައް ގައުމު އެޓޭކިންގ ހުއްޓުވައިގެންކުޅެ ފުރަތަމަ ހާފްގައި ކްލަބް ރިވެރިންގ ވަނީ 2 ލަނޑު ޖަހާފައެވެ. އަދި ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީވެސް 2 ލަނޑު 0 ލަނޑުގެ ނަތީޖާއަކުންނެވެ.

ރެފްރީގެ ބައެއް ނިންމުންތަކަށް ކުޅުންތެރީންނާއި ކުޅިބަލަން ގޮސްތިބި މީހުން ވަރަށް ބޮޑަށް  މައްސަލަ ޖައްސަމުން  ކުރިއަށް ދިޔަ ދެވަނަ ހާފްގެ ކުޅުމުގެ ތެރޭގައި ކްލަބް ރިވެރިންގ ވަނީ އިތުރު 3 ލަނޑު ޖަހާފައެވެ.  އަދި ގައުމުޓީމުންވެސް މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ފަހުހާފްގެ ކުޅުމުގައެވެ.   .

އަންނަ ހޮނިހިރު ދުވަހު ( 19 އޮކްޓޯބަރ 2019 ވަނަ ދުވަހު )  ހަވީރު ކުޅެވޭ މިމުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ފޭދޫ އެފްސީއާއި ހިތަދޫ ކްލަބް ރިވެރިންއެވެ. މިދެޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކޮށް ކުޅުނުމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ފޭދޫ އެފްސީއެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ރަނަރއަޕް ޓީމަކަށް 3000 ރުފިޔާ ހުށަހަޅާފައިވާ  މިމުބާރާތަކީ މީދޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއެރުވުމަށާ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދިހިކޮށް، ޒުވާނުންގެ އިޖްތިމާއީ ދުޅަހެޔޮކަން އާލާކުރުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަރަދޫޓީމާ ބައްދަލުކޮށް މީދޫޓީމް މޮޅުވެއްޖެ

މިނިވަން ޗެމްޕިއަންޝިޕް އައްޑުއަތޮޅުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ  މީދޫޓީމާއި މަރަދޫޓީމް ބައްދަލުކޮށް ކުޅެވުނު އެކުވެރިކަމުގެމެޗް މީދޫޓީމް ކާމިޔާބުކޮށްފިއެވެ. އިއްޔެ ...

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ލިޓަސް ކުޅުނު ދެވަނަމެޗުންވެސް ކާމިޔާބުކޮށްފި

އައްޑޫސިޓީ  ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ޓީމް ...

ޗޭނު ޖަމްއިއްޔާގެ ބަދަހިކަޕް: ގުރުއަތުލުން ނަގައިފި

މީދޫ ޗޭނު ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ނެޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ނަގައިފި އެވެ. 5 ޓީމަކުން ބައިވެރިވެފައިވާ ...