ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ފަސް ޕްރޮޖެކްޓަކަށް އެހީ ދީފި- އޭގެ ތެރޭގައި މީދޫ ރަފަޅާ ސަރަހައްދުގެ ޕްރޮޖެޓް ހިމެނުނު

ބޭންކް އޮފް މޯލްޑިވްސް ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކްއާޓަރުގައި ފަސް ރަށެއްގައި ޕްރޮޖްކްޓް ހިންގަން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާ ބަހަށް މަސައްކަތްކުރާ ޖަމިއްޔާ ތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓް ތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފްކުރި އަހަރެމެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެ އިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހިންގަން އެހީތެރިކަން ފޯރުކޮށް ދީފި އެވެ. މިގޮތުން މިފަހަރު އެހީތެރިކަން ފޯރުކޮށްދިން 5 ޕްރޮޖެކްޓްގެ ތެރޭގައި މީދޫ  ރާނީވިލާ ފަރީދާ އިބްރާހިމް ހުށަހެޅި މީދޫ ރާފަޅާ ގޮނޑުދޮށް ސަރަހައްދު ގައި ހިތްފަސޭހަ މައިޒާނެއް ގާއިމްކުރަން ހުށަހެޅި ޕްރޮޕޯސަލް ހިމެނުނެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މިކަމާބެހޭގޮތުން ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ  ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށް ދިނުން ކަމަށެވެ. މި ގޮތުން ފާއިތުވި އަހަރު ތެރޭގައިވެސް މުޅި ރާއްޖެ ޝަމިލްވާ ގޮތަށް މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން 110 ޕްރޮޖެކްޓް ހިންގުމަށް ހިންގުނު ޕްރޮޖކްޓްތަކަށް އެހީތެރިވެ އެ ޕްރިޖެކްޓްތައް  ކާމިޔާބު ކަމާއެކު ކުރިޔަށްގެންދެވިފައިވާ ކަމަށެވެ.

“މިއަހަރު އިފްތިތާހުކު ރެވުނު ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައި . އަދި މި ފަންޑުގެ ފުރަތަމަ ކުއާޓަރގައި ހޮވުނު ފަރާތްތަކުން ވަނީ ފަސް ރަށެއްގައި ވަރަށް ކާމިޔާބުކަމާއެކީ މުޖުތަމަ އަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގާފަ،” ސައީދު ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާ ބަހަށް މަސައްކަތްކުރާ ޖަމިއްޔާ ތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓް ތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފްކުރި އަހަރެމެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެ އިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓްތައް

  • ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ–- ބ. ކިހާދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކުރުން
  • ފޭދޫ އެންވާރރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން –- އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ށ. ފޭދޫގެ ރައްޔިތުންނަށް ބިއްލޫރި ފުޅި ހަދިޔާކުރުން
  • ކޮޅުފުށީ އެކުވެރި ކްލަބް – މ. ކޮޅުފުށީ ސްކޫލް ސަރަހައްދު ގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން
  • ފަރީދާ އިބްރާހިމް –- ސ.ހުޅުދޫގެ ރާފަޅާ ގޮނޑުދޮށް ސަރަހައްދު ގައި ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން
  • އަބޫބަކުރު އަލީ ފައުންޑޭޝަން –- ކ. ގާފަރުގެ ސެން ކްލާސްރޫމް ތަރައްގީކުރުން

ކޮމިއުނިޓީ ފަންޑުން ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އަނެއްކާވެސް އެ ފުރުސަތު ބީއެމްއެލްއިންވަނީ ހުޅުވާލާފައެވެ. އެގޮތުން އޮގަސްޓް 29 ފެށިގެން ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅޭނެކަމަށް ބީއެމްއެލުން ވަނީ ހާމަކޮށްފައެވެ.

ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ބީއެމްއެލް އިން ދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވީ ދެމީހުން

އިތުރު ދެމީހަކު ހުޅުދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ކުރީން ...

ސްކޫލްތަކުގެ ދަރިވަރުންނަށް މިމަހު ކޮވިޑް ވެކްސިން ޖަހަން ފަށަނީ

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ނިންމައިފިއެވެ . މިގޮތުން އުމުރުން12 އަހަރާއި17 އަހަރާއި ދެމެދުގެ ކުދިންނަށް ...

ކޮވިޑް-19 : މިއަދު 129 މީހުން ޕޮޒިޓިވްވެ 37 މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން މިއަދުވެސް ކޮވިޑް-19އަށް އިތުރު 129 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި ...