ސްކޫލްތަކުގެ ދަރިވަރުންނަށް މިމަހު ކޮވިޑް ވެކްސިން ޖަހަން ފަށަނީ

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ނިންމައިފިއެވެ . މިގޮތުން އުމުރުން12 އަހަރާއި17 އަހަރާއި ދެމެދުގެ ކުދިންނަށް ކޯވިޑް-19 އިން ދިފާއުވުމަށް ފައިޒާ ވެކްސިން ޖަހަން ނިންމާފައިވާއިރު ވެކްސިން ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާނީ ސްކޫލްތަކުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

” ވެކްސިން މިމަހު ލިބޭ އިރު ސިރިންޖާއި އެނޫން އިންތިޒާމްތައް ހަމަޖެހޭހާ އަވަހަކަށް ވެކްސިން ޖަހަން ފަށާ ތާރީހު އިއުލާނު ކުރާނެ ” އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވިއެވެ

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ފައިޒާ ވެކްސިން ޖަހާ ސްކޫލް ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކަންކަން އިންތިޒާމް ކުރެވިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ސްކޫލްތަކުން ކުރިޔަށް ގެންދާގޮތަށެވެ. އެގޮތުން މާލޭގައި އެޗްޕީއޭއާއި ގުޅިގެން ސްކޫލް ދަރިވަރުން ވެކްސިން ސެންޓަރުތަކަށް ގެންދާނީ އެ ސްކޫލެއްގެ ބެލުމުގެ ދަށުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އަތޮޅުތެރޭގައިވެސް އަމަލު ކުރަމުންދާނީ މި އުސޫލުން ކަމަށްވެސް ނަޒުލާ ވިދާޅުވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަހުގެ ތާރީހެއްގައި ހުޅުދޫއާއި މީދޫގައި ފެންބޮޑު ނުވާވަރަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއްލިބިއްޖެ

ރެއިންފެށިގެން މެދުކެނޑުމެއް ނެތި އައްޑުއަތޮޅަށް ކުރަމުންދާ ވިއްސާރާގައި ހުޅުދޫއާއި މީދޫއަށް  ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ...

ވެކްސިން ނުޖަހާ މީހުން އޮފީސްތަކަށާއި ކެފޭތަކަށް ވަނުން މަނާ ކުރަނީ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންނަށް ހިދުމަތްތައް ދިނުމުގައި ...

10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާތަކެތި ބީއެމްއެލް އިން ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ދަރިވަރުންނަށް ...