ކަރަންޓްގެ އަގު ރާއްޖޭގެ ހުރިހާތަނެއްގައިވެސް ހުންނަނީ މާލެއެކޭ އެއްވަރަށްކަމަށް ރަށްޔިތުންގެ މަޖިލިހުގެ ފޭދޫދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރަށްޔިތުންގެ މަޖިލިހުގެ ފޭދޫދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވިގޮތައް  މާލެއެކޭ އެއްއަގެއްގައި ރާއްޖޭގެ ހުރިހާތަނެއްގައި ކަރަންޓްގެ އަގު މިހާރު ހިފެހެއްޓިފައިވާކަމަށެވެ.

މިގޮތުން ކަރަންޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ބޮޑު ސަބްސިޓީއެއް ދެއްވާކަން ފާހަގަކުރައްވާ މެމްބަރު ނިހާދު ވިދާޅުވީ ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ތެޔޮ އަގުހެޔޮކޮށް ތެލުން ލިބޭ ޑިއުސްކައުންޓްވެސް މިހާރު ކަރަންޓް ބިލުން ފެންނަން ހުންނާނެކަމަށެވެ. މީގެ ކުރީން ބައެއް ރަށްރަށުގައި ކަރަންޓް ޔުނިޓެއްގެ އަގު-/7 ރުފިޔާއަށް ހުރިކަމަށާ އެހެންނަމަވެސް މިހާރު ކަރަންޓްގެ އަގު ހުންނާނީ މާލެއާއި އެއްއަގެއްގައިކަމަށް ނިހާދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނިހާދު ވިދާޅުވީ ސަރުކާރުން އައްޑޫސިޓީގެ ކަރަންޓްގެ ޚިދުމަތަށް ބޮޑު ހޭދައެއް ކުރަން ނިންމާފައިވާކަމަށާ މިގޮތުން އައްޑޫގެ އިންޖީނުގޭގައި އާޖަނަރޭޓަރު ސިސްޓަމްތައް ބަހައްޓާ މުޅި ނެޓްވޯކް އެއްކޮށް ބަދަލުކުން ހިމެނޭކަމަށް ނިހާދު ވިދާޅުވިއެވެ. މިގޮތުން މިކަންކަމަށް 40 މިލިއަން ޑޮލަރު ބަޖެޓްކޮށް އެމަޝްރޫއު ހިންގުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މެމްބަރު ނިހާދު ވިދާޅުވިއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޝްރޫޢުތަކުގެ ތަފްސީލް ހޯދުމަށް ސިޓީ ކައުންސިލަށް ވަޑައިގަތުމަށް ސަޢީދަށް ދައުވަތުއަރުވައިފި

އައްޑޫސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްސީލް ހޯއްދެވުމަށް އައްޑޫ ސިޓީކައުންސިލަށް ވަޑއިގަތުމަށް މޭޔަރު ޢަލީ ނިޒާރު، މާވަށު ދާއިރާގެ މެންބަރު ...

އައްޑޫ ސިޓީން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހޮނިހިރު ދުވަހުގެ ...

ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފި

މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ...