އައްޑޫ ސިޓީން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކުން އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް ޓެސްޓްކުރުމަށް ނެގުނު 168 ސާމްޕަލްގެ ތެރެއިން  14 މީހުންގެ ސާމްޕަލް ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.  

މި17 މީހުންގެ ތެރެއިން މަރަދުން 10 މީހުން ޕޮޒިޓިވް ވެފައިވާއިރު ހިތަދުން ޕޮޒިޓިވްވެފައިވަނީ 2 މީހުންނެވެ. އަދި ފޭދުންއެންމެ މީހަކު ޕޮޒިޓިވްވެފައިވާއިރު މަރަދޫފޭދުނަސް ޕޮޒިޓިވްވެފައިވަނީ އެންމެ މީހެެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި  ހިމެނެނީ 8 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި 3 މީހަކާއި  ވަކި ތަރުތީބެއްނެތި ރަށުތެރެއިންނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 2 މީހުންނާއި ހޯމް ކަރަންޓީނުގައި ހުރިމީހެކެވެ.

އައްޑޫ ސިޓީގެ ރަށްރަށުގައި ކޮވިޑްގެ ކޭސްތައް މަޑުމަޑުން އިތުރުވަމުންދާއިރު  މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އުޅެނީ މަރަދޫގައެވެ.

މަރަދޫގައި ކޮވިޑްބަލީގެ  86 މީހުން ތިބިއިރު  ،  މަރަދޫ ފޭދުގައި ތިބީ  25 މީހުންނެވެ .  ހިތަދޫގައި 34 މީހުން ތިބިއިރު  ފޭދޫގައި ތިބީ 20 މީހުންނެވެ. އަދި ހުޅުދޫގައި ވަނީ އެންމެ މީހެކެވެ.

އެހެންކަމުން އައްޑޫސިޓީގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 167 މީހަކަށް މިވަގުތުދަނީ ފަރުވާ ދެމުންނެވެ.

އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި 846 މީހުންގެ ތެރެއިން 676 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުން ދިއުމާގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށް މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ދެމުންދަނީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުންކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 16 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 16 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިއާގެ ...

ނައިބު ރައީސް ފައިސަލް އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަނީ

އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ނައިބު ރައީސް ފައިސަލް ނަސީމް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުގެ ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 11 ޑިސެމަބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...