އަތޮޅު ވޮލީ މުބާރާތާއި ޒޯން ވޮލީ މުބާރާތް އައްޑޫގައި ހޯސްޓު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި

ވޮލީ ބޯޅަ އެސޯސިއޭޝަންއިން އިންތިޒާމު ކޮށްގެން ބާއްވާ ޒޯން އަދި އަތޮޅު މުބާރާތް އައްޑޫގައި ހޯސްޓު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ޒޯން ވޮލީ މުބާރާތް ނުބޭއްވުމަށް ނިންމީ ޒޯން މުބާރާތަކީ ވަރަށް ބޮޑެތި ޚަރަދުތައް ހިނގާނެ  މުބާރާތަކަށް ވެފައި އައްޑޫ ސިޓީ ކައުންސިލަށް ވޮލީ މުބާރާތެއް ބޭއްވުމަށް ބަޖެޓެއް ލިބިފައިނެތުމުންނެވެ.
އައްޑޫ ސިޓީ އަކީ ކުރީން ރާއްޖޭގެ ވޮލީގައި އެންމެ ނަން މަޝްހޫރު އެއް އަތޮޅެވެ. މިގޮތުން މީގެ ކުރީން އައްޑޫގައި ތަފާތު ނަންނަމުގައި ބޮޑެތި ވޮލީ މުބާރާތްތައް ބޭއްވިފައިވެއެވެ.

އައްޑުއަތޮޅުގައި މިފަހުން ބޮޑު ވޮލީ މުބާރާތެއް ބޭއްވިފައި ނުވާތީ  އައްޑޫގައި ތިބި ވޮލީ ކުޅުންތެރީންނާއި ވޮލީއަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު  ފުވައްމުލަކުގައި ފުވައްމުލަކު އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ވޮލީ މުބާރާތުގައި ބޮޑެތި ޚަރަދުތަކެއްކޮށްގެން ޓީމެއްބައިވެރިކޮށްފައިވެއެވެ. މީގެތެރެއިން 2016 ވަނަ އަހަރު މުބާރާތުގެ ރަނައަޕްޓީމަކަށް އައްޑޫޓީމް ހޮވިފައިވާއިރު 2017 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ  ޗެމްޕިއަކަން ހޯދާފައިވަނީ އައްޑޫސިޓީއަށް ނިސްބަތްވާ މީދޫ ވޮލީ ޓީމުކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައިއެސްއޭ ވޮލީ މުބާރާތް ޓޫސިސްޓަރ ކާމިޔާބުކޮށްފި

އައިއެސްއޭ ވޮލީ މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ލެއްޗޭ ބަލިކޮށް ޓޫސިސްޓަރ ޗެމްޕިއަންކަން ހޯދައިފި އެވެ. މިމަހުގެ 12 ...

ޖަޕާނުން ސްޕެއިން ބަލިކުރިއިރު ޖަރުމަނު މުބާރާތުން ކަޓައިފި

ފީފާ ވޯލްޑް ކަޕުގައި ޖަޕާނުން ފުޓްބޯޅައިގެ ގަދަބާރު ސްޕެއިން ބަލިކުރިއިރު ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ޖެހިޖެހިގެން ދެ ...

ބެސްޓް ފުޓްސަލް މުބާރާތް 2018: ޗެމްޕިއަންކަން ބްރަދާސް ޔުނައިޓެޑް ހޯދައިފި

ބެސްޓް ފުޓްސަލް މުބާރާތް 2018 ގެ ޗެމްޕިއަންކަން ބްރަދާސް ޔުނައިޓެޑް ހޯދައިފިއެވެ. ބްރަދާސް ޔުނައިޓެޑް މިމުބާރާތުގެ ޗެމްޕިއަކަންހޯދީ ހުޅުމީދޫ ...