ލަންކާ އިން 6 ދިވެއްސަކު ހައްޔަރުކޮށްފި

ސްރީލަންކާގައި އާދިއްތަ ދުވަހު ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ 5 ދިވެއްސަކު ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 6 މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ މިއަދު އެގައުމުގެ ފުލުހުން ގެއެއް ފާސްކުރުމުގެ ތެރޭގައި، އެގޭގައި އުޅޭ ޕޮލިޓިކަލް ސައިންސް ކިޔަވާ ކުއްޖެއް ގެންގުޅޭ އިސްލާމިކް ސްޓޭޓްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެންނެވެ.

ދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބާކީ ހަތަރު މީހުން ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ލަޔަން ސިޓީ ނެގަމްބޯ އިންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެހަތަރު މީހުންނަކީ ފްލައިޓް އިންޖީނިއަރިންގް ކިޔަވަމުން ދިޔަ ހަތަރު މީހުންނެވެ. އެމީހުން ހައްޔަރުކުރީ، އެމީހުން ދިރިއުޅެމުން ދިޔަ ގެއިން އެއާރ ރައިފަލް އެއް ފެނިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހަތަރު މީހުން އެ އެއާ ރައިފަލް ތައް ގެންގުޅެމުން ދިޔައީ، ބަޑި ގެންގުޅުމުގެ ފޭކް ލައިސެންސް އެއް ހަދައިގެންނެވެ.

” މައުލޫމާތު ލިބިފައިވާ ގޮތުގަިއ އެ ފަސް މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އައިއެސްއާއި ބެހޭ ފޮތެއް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމަށް މާދަމާ 10 ޖަހާ އިރު ކޯޓަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފަހުމީހާ ހަޔަރުކުރީ ކޮންތާކުންކަމެއް އަދި ސާފެއްނުވޭ. މިމީހުން ކޯޓަށް ހާޒިރުކުރަނީ ހޯމަ ދުވަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޒައިނަބްގެ ޤާތިލު މީގެ ކުރިންވެސް ކުޑަ ކުދިން ރޭޕް ކުރުމަށްފަހު މަރާފައިވޭ

ޕާކިސްތާނުގައި އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު މަރާލި މީހާ އަކީ، އެފަދަ އަމަލުތައް މީގެ ...

ކިމްއާ އެކު ބާއްވާ ސަމިޓް ޓްރަމްޕް ކެންސަލް ކުރައްވައިފި

އަންނަ ޖޫން މަހުގެ ބާރަ ވަނަ ދުވަހު، އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ...

ޤައުމުގައި ހަމަޖެހުން ޤާއިމް ކުރަން މީސްމީޑިޔާގެ ބައެއް އެޕްތައް ލަންކާގައި ބްލޮކް ކޮށްފި

ސްރީލަންކާގެ ކޭންޑިގައި މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު އުފެދުނު ދީނީ ހަމަނުޖެހުންތަކަށް ފަހު މުޅި ޤައުމުގައި ކުއްލި ޙާލަތު އިއްޔެ ...