މާއިޒްގެ ހެޓްރިކާއެކު ބޮޑުތަފާތަކުން މަރަދޫ ސްކޫލްގެ މައްޗަށް ހުޅުދޫ ސްކޫލް ކުރިހޯދައިފި

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި މަރަދޫ ސްކޫލާއި  ހުޅުދޫ ސްކޫލް ބައްދަލުކޮށް ކުޅުނުމެޗް މާއިޒްގެ ހެޓްރިކާއެކު ތަފާތު ބޮޑު ނަތީޖާއަކުން ހުޅުދޫސްކޫލް ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގެ ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މިމެޗް ހުޅުދޫ ސްކޫލްޓީމް ކާމިޔާބުކުރީ 5 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

މިމެޗްގައި ހުޅުދޫ ސްކޫލުން ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން މާއިޒް މުޖުތަބާ 3 ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައިވާއިރު އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދީފައިވަނީ އަލީ ޒަޔާން މުހައްމަދު ނާސިރުއާއި އައިކް އަހުމަދު ޝަންވީލެވެ.

މިމެޗްގައި މަރަދޫ ސްކޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ހައްޔުއެވެ.

މިމެޗުން ހުޅުދޫ ސްކޫލް މޮޅުވުމުން އެޓީމު މިމުބާރާތުގައި ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗުން މޮޅުވެ 1 އެއްމެޗުން އެއްވަރުވެ އެޓީމަށްވަނީ 7 ޕޮއިންޓް ލިބިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑަރެން ސްޓެވާޓް މަރުވެއްޖެ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އަދި އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ ޑަރެން ސްޓެވާޓް މަރުވެއްޖެއެވެ. އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސްޓެވާޓް ...

މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި

ފީފާ ވޯލްޑްކަޕް 2022 ގައި މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ފުޓްބޯޅައިގެ ގަދަބާރު ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި ...

އިރުޝާދިއްޔާ ލަދުގަންނަވާލާ ހިތަދޫ ސްކޫލްފައިނަލަށް

ހިތަދޫ ސްކޫލްގެ އަހުމަދު  ޔާސީން އަބްދުﷲގެ ހެޓްރިކާއެކު މަރަދޫ އިރުޝާދިއްޔާގެ 12 އަހަރުން ދަށުގެ ޓީމް ލަދުގަންނަވާލާ ވަރުގެ ...