ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި، ޔުވެންޓަސްގެ 2-1 ން ބަލިކޮށް އަޔެކްސް މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.

ޔުއެންޓާސްގެ ދަނޑުގައި ކުޅެވުނު މިމެޗު އަޔެކްސް ކާމިޔާބުކޮށްފައިވަނީ ޔުއެންޓާސް ލަނޑެއްޖަހާ މެޗްގެ ލީޑު ހޯދާފައިވަނިކޮށް ފައިހަތުން އަރައި ދެލަނޑު ޖަހައިގެންނެވެ.

ކްއާޓާފައިނަލްގެ ފުރަތަމަ ލެގްގެ މެޗް އަޔެކްސް ދަނޑުގައި ކުޅެ  1-1 އެއްވަރުވެފައިވަނިކޮށް ޔުއެންޓާސްގެ ދަނދުގައި ކުޅެވުނު ދެވަނަ ލެގްގެ މެޗް ފެށުމުގެ ކުރީން އެޑްވާންޓޭޖު އޮތީ، ޔުވެންޓަސްއަށެވެ. އެއީ އެ ޓީމު އަތުގައި އަވޭގޯލެއްގެ ހިތްހަމަޖެހުން އޮތުމުންނެވެ. އެ ހިތްހަމަޖެހުމާއެކު، މެޗަށް ނިކުތް ޔުވެންޓަސްއިން ފުރަތަމަ ލީޑްވެސް ނެގި އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮނާލްޑޯ އެވެ.

އެހެންނަމަވެސް، އަޔެކްސްގެ ޒުވާން ޓީމުން ޔުވެންޓަސްއިން ލީޑް ނެގިތާ 10 މިނެޓް ފަހުން  ލނަޑެއޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު 34 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޑޮނީ ވެން ޑީ ބީކް އެވެ.

އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވެ މެޗްގެ ފުރަތަމަ ހާފްނިމި ދެވަނަ ހާފްގެ ކުޅުން ފެށިގެން އަޔެކްސްގެ ޒުވާނުން ކުޅުންތެރީންވަނީ  މެޗުގެ 64 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަޓިސް ޑި ލިޓްއެވެ.  އަޔެކްސްއިން މެޗްގެ ލީޑު ހޯދުމުން ޔުވެންޓަސްއިން ކުޅުން ރަނގަޅު ކޮށް މެޗުން މޮޅުވެވޭތޯ މަސައްކަތްކުރިނަމަވެސް މެޗްނިމިގެން ދިޔައީ 2-1 ން ޔުއެންޓާސް ބަލިވެގެންނެވެ.

ޗެމްޕިއަންސް ލީގުގައި ކްއާޓާފައިނަލްގައި އެންމެ ވާދަވެރި ކުރިމަތިލުމަކަށް ފެނިގެން ގޮސްފައިވާ އަނެއްމެޗްކީ މެންޗެސްޓާ ޔުނައިޓަޑާއި، ބާސެލޯނާގެ ކުރިމަތި ލުމެވެ. ފުރަތަމަ ލެގް މެޗު ޔުނައިޓަޑްގެ ދަނޑު ގައި ކުޅެ ބާސާ މޮޅުވީ 1-0 ންނެވެ. އެހެންނަމެވެސް، ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗު، ބާސާއިން ޑޮމިނޭޓްކޮށް ޔުނެއިޓެޑް 3-0 ގެ ބޮޑުތަފާތަކުން ބަލިކޮށް 4-0 ގެ އެގްރިގޭޓުން މޮޅުވެ ސެމީފައިނަލަށްވަނީ ދަތުރުކޮށްފައެވެ.
މިމެޗްގައި މެސީ، ދެ ލަނޑު ޖެހިއިރު، ބާސާގެ އަނެއް ލަނޑު ކާމިޔާބު ކުރީ ފިލިޕޭ ކްޓީނިއޯ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ބާސެލޯނާ  ދަތުރުކޮށްފިއެވެ.  ބާސެލޯނާ ސެމީފައނަލަށް ދަތުރުކުރީ ރޭ  ކުޅެވުނު ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗް ...

އާސެނަލުން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ...

އާސެނަލްގައި 12 އަހަރު ހޭދަކުރުމަށްފަހު ވޮލްކޮޓް އެވަޓަންއާއި ގުޅިއްޖެ

ދިގު މުއްދަތެއް އާސެނަލްގައި ހޭދަކުރުމަށްފަހު ތިއޯ ވޮލްކޮޓް އެވަޓަންއާއި ގުޅިއްޖެއެވެ. ތިން އަހަރާ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ...