ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

Advertisement

ސިޓީ ކައުންސިލް ތަކުގެ މެމްބަރުންގެ މުސާރަބޮޑުކުރަން ރަށްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

ސިޓީކައުންސިލްތަކުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީއަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރުދާއިރާގެ މެމްބަރު އަލީޝާހުއެވެ. މިއިސްލާހަށް ތާއީދުކުރެއްވީ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ.

ހޯމަދުވަހު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ސިޓީ ކައުންސިލް ތަކުގެ މެމްބަރުންގެ މުސާރަބޮޑުކުރަން  މާލިއްޔަތު ކޮމިޓީގެ 4 މެމްބަރުންވަނީ ތާއީދުކޮށްފައެވެ.

ސިޓީ ކައުންސިލްގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅުނު އިސްލާހަށް ވޯޓްދެއްވި މެމްބަރުންނަކީ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ، ތިމަރަފުށީދާއިރާގެ މެމްބަރު މުސްޠަފާ ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރަށް ގަމުދާއިރާގެ މެމްބަރު  އަބްދުﷲ މުހައްމަދެވެ.

ޝާހު ހުށަހެޅި މިއިސްލާހުގައި ބުނެފައިވަނީ މޭޔަރަށް ލީވިންގ އެލަވަންސާއެކު ސާޅީސްހާސްރުފިޔާ ލިބެންޖެހޭކަމަށެވެ. އަދި ޑިޕިއުޓީ މޭޔަރަށް ލީވިންގ އެލަވަންސާއެކު ތިރީސްފަސްހާސް ރުފިޔާ ލިބެންޖެހޭއިރު ސިޓީކައުންސިލްގެ މެމްބަރަކަށް ލީވިންގ އެލަވަންސްއާއިއެކު ތިރީސްހާސް ރުފިޔާ ލިބެންޖެހޭކަމަށެވެ.

މިއިސްލާހަށް ތާއީދުކުރި ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރުމާބެހޭގޮތުން ޕޭކޮމިޝަނާ ފިނޭންސް މިނިސްޓްރީއާއި ވާހަކަދެކެވި އެދެފަރާތުގެ ތާއީދުވެސް މިކަމަށް ލިބިފައިވާކަމަށެވެ.

ސިޓީ ކައުންސިލްތަކުގެ މުސާރަ ދައްކޮށްފައިވަނީ 5 އޮކްޓޯބަރ 2015 ގައެވެ.  އަދި އޭރު އެގޮތައް ނިންމި ނިންމުމުގައި ބުނެފައިވަނީ ސިޓީކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ 50 އިންސައްތައް އުނިކުރުމަށެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް19: ތިނަދޫގެ މިސްކިތެއްގައި މިއަދު ހުކުރު ނުކުރާނެ- ތިނަދޫ ކައުންސިލް

ގދ.ތިނަދޫގެ މުދިމުންތަކެއް ކޮވިޑް-19 އާއި ގުޅިގެން އެކަހެރި ކުރަން ޖެހުމުން އެރަށުގެ މިސްކިތެއްގައި މިއަދު  ހުކުރު ނަމާދު ނުކުރަން ...

ރޮޒެއިނާ ތާއީދު ހޯދުމަށްޓަކައި މީދޫގައި އެމްޑީޕީން ބަހައްޓާފައިވާ ބެނާއެއް ހަލާކުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރޮޒެއިނާ އާދަމްއަށް ...

ހުޅުދޫއާއި މީދޫގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން އެއް ހަފުތާއަށް މެދުކަނޑާލައިފި

ހުޅުދޫއާއި މީދޫގައި ވެސް ހަލުއި ކަމާއެކު ކޮވިޑް 19 ގެ ބަލި ފެތުރެމުންދާތި މިއަދުންފެށިގެން އެއް ހަފުތާއަށްހުޅުދޫއާއި މީދޫގެ ...