ސަރުކާރުން އެއްވެސް އަމިއްލަ އެޖެންޑާއެއް ނުގެންގުޅޭ- އެކްޓިންގ ޔޫތު މިސްޓަރ އަލީވަހީދު

Advertisement

ފުޓްބޯޅައަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން އެއްވެސް އަމިއްލަ އެޖެންޑާއެއް ނުގެންގުޅޭކަމަށް އެކްޓިންގ ޔޫތު މިސްޓަރ އަލީވަހީދު ވިދާޅުވެއްޖެވެ.

ޔޫތު މިނިސްޓްރީގައި ބުދަދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި  ވާހަކަފުޅު ދައްކަވަމުން އަލީވަހީދު ވިދާޅުވީ ފީފާއިން މިނިސްޓްރީއާއި ބައްދަލުކުރީ ފެކްޓްފައިންޑިންގ ފަރާތެއްގެ ހައިސިއްޔަތުންކަމަށާ އެހެންކަމުން އެފްއޭއެމްއާއި ދޭތެރޭގައިހުރި ހުރިހާ ކަންބޮޑުވުންތަކެއް ހުށަހެޅިކަމަށެވެ. އަދި މިނިސްޓްރީއަށް މިކަން ހައްލުވާނީ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލެވިގެންކަމަށްވެސް ފާހަގަކުރިކަމަށާ ނަމަވެސް މިނިސްޓްރީން އެކޮމިޓީއަށް ވަކިބަޔަކު ވައްދަން މަސައްކަތް ނުކުރާނެކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ފީފާއާއި އޭއެފްސީ ގަބޫލް ކުރާފެންވަރުގެ މެޗް ކޮމިޝަނަރުންނާއި ނަޒާހަތްތެރި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ބޭފުޅުން އެބަތިއްބެވިކަމަށާ ވަކިބަޔަކު ކޮމިޓީއަށްލުމަށް މިނިސްޓްރީން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށެވެ.

މިނިސްޓަރ އަލީވަހީދު ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް ހިމެނިވަޑައިގަންނަވާ ގޮތައްނަމަވެސް ކޮމިޓީއެއް އެކުލަވާލައިގެން މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރަން ފީފާގައި އެދުނުކަމަށާ ސަރުކާރުން ނުވަތަ މިނިސްޓްރީން މިކަމުގައި މިހާތަނަށް އެއްވެސް ވަރަކަށް ތިންވަނަ ފަރާތެއްގެ ނުފޫޒެއް ފޯރުކޮށްފައިވާކަން ފީފާއިން ހާމަކޮށްފައިނުވާކަމަށެވެ.

” ދިވެހިސަރުކާރުން ނެތޭ އެއްވެސް އެޖެންޑާއެއް . ނޯމަލައިޒިންގ ކޮމިޓީއަށްވެސް ވަކިމީހަކު ލާކަށްނެތިން . މިތާ އެބަތިއްބެވި ފީފާއާއި އޭއެފްސީ ގަބޫލްކުރާ މޮޅެތި މެޗް ކޮމިޝަނަރުން . އައްޑޯއާއި ޝާހިރުއާއި ކުރީގެ ލައިންސްމަނަކަށް އުޅުއްވި ސައީދުއާއި އިންޓަގްރިޓީހައި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ އަދި އެނޫންވެސް ބޭފުޅުން އެބަތިއްބެވި . އަދި ބައްސާމް ހިމެނޭގޮތައްވިޔަސް ޖަވާލައިގެންވިޔަސް އެންމެ ބައިންޑްކޮށްދެއްވާށޭ . އެމަސައްކަތްކޮށްދެއްވާށޭ ފީފާއިން . ސަރުކާރުން 100 ޕަސެންޓް ޔަގީންކަން ދިނިން އިންޓަފިޔަ ނުކުރާނެކަމަށް . އަމިއްލައަށް އެބޭފުޅުން ވިދާޅުމުވުމުގެކުރީން އެބޭފުޅާ ކަންބޮޑުވުމެއް ފާޅެއްނުކުރޭ މިހާތަނަށް . އެއްވެސްވަރަކަށް ވިދާޅެއްނުވޭ ދިވެހިސަރުކާރުން ތާޑްޕާޓީ އިންޓަރފެއާ ކުރިކަމަށް . އެކަމާ ވަރަށް އުފާކުރަން . ” އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިމައްސަލާގައި މިނިސްޓްރީން މިހާތަނަށް ކުރި ކޮންމެ ކަމެއްވެސްކޮށްފައިވަނީ މައްސަލަތަކަށް ހައްލެއްގެނެސް ފުޓްބޯޅައިގެ ހާލަތު ރަގަޅުކުރުމަށްކަމަށާ ނަމަވެސް ފީފާގެ ވަފުދު އައިސްގެންވެސް މައްސަލަތަކަށް ހައްލެއް ނުލިބޭތީ އެކަމާ ކަންބޮޑުވާކަމަށެވެ.

ޚަބަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތިން ކުޅުންތެރިއަކަށް ރާއްޖެއިން ބޭރުގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިއްޖެ

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަހާ ގުޅިގެން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތިން ކުޅުންތެރިއަކަށް ރާއްޖެއިން ބޭރުގައި ޓްރެއިނިން ...

ރާއްޖެ ބަލިކޮށް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފި އެވެ. އިންޑިއާ ފައިނަލަށް ދަތުރުކުރީ ބުދަދުވަހުގެރޭ ކުޅުނު ...

ދެ ޓީމުގެ އަމާޒުވެސް ތައްޓަށް، މިނިވަންކަޕްގެ ފޯރިގަދަ ފައިނަލުގައި މައިލޯއާއި ލޮތާރި

އައްޑޫސިޓީ ހުޅުދޫގައި  ކުރިއަށްގެންދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލުގައި ހިތަދޫ މައިލޯ ...