Advertisement

މަތީގައިވާ ފޮޓޯތަކާއި ތިރީގައިވާ ފޮޓޯތަކަކީ މީދޫ ކުޅީގައި އަމިއްލަ ފަރާތަކުން ތައްޔާރު ކުރަމުންދާ  “މަތިކިޅި އިކޯގާޑަން” ދައްކުވައިދޭ ފޮޓޯތަކެއް .  ޗަސް ބިމުގައި

ތައްޔާރު ކުރަމުންދާ “މަތިކިޅި އިކޯގާޑަން” ވެފައިވަނީ ދެޖިންސްގެ ޒުވާނުންނާއި އާއިލާތަކުގެ މެމްބަރުން އެތަނަކަށް ޒިޔާރަތްކޮށް އެތަނުގައި ފޮޓޯތައްނަގަމުންދާ މަޝްހޫރުތަނަކަށް . މިގޮތުން މިއިކޯގާޑަންއަށް ޒިޔާރަތްކުރާ ފަރާތްތަކުން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލުމުން ވަރަށް ގިނަ ފަރާތްތަކުގެ ތައުރީފް މިއިކޯގާޑަން އަށް ލިބިގެންދާކަން ފާހަގަކުރެވޭ .

Advertisement

މިއިކޯގާޑަންގައި ތައްޔާރުކުރެވިފައިވާ ފެންގަނޑު ހުރަސް ކުރުމަށް ލަކުޑިން ހަދައިފައިވާ ކުޑަކުޑަ ބްރިޖުގެ މަތީގައި ތިބެގެން އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން ނަގާ ފޮޓޯތަކުގެ ސަބަބުން އެތަނުގެ ފުރިހަމަކަން އިތުރަށް ފެނިގެންދޭ  . އަދި މީގެ އިތުރަށް  އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އުފާ ކޮށްލުމަށްޓަކައި ފެންގަނޑުގައި ބާއްވާފައިވާ ކަނދުފައްޗަށް އަރައި ކަނދުފަތި ދުއްވާލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައި .

އެތަނަކަށްގޮސް ފޮޓޯ ނެގުމަށް މަޝްހޫރުކަން ލިބިފައިވާ މިއިކޯގާޑަންއާއި ހަމައަށްދިއުމަށް ގާތްގަޑަކަށް 400 ފޫޓުގެ ރާސްތާއެއް ކަޑައްތު ކުރަން ޖެހޭ .  މި މަގުގައި ދެފޫޓުބަޔަށް އުސްކޮށް ތަބު ޖަހައިގެން ލަކުޑިން ޑެގެއް އަޅައިގެން އެމަގު ހެދުމަށް މިތަނުގައި މަސައްކަތް ކުރަމުންދާ މީހުންދަނީ މަސައްކަތް ކުރަމުން .

މިއިކޯގާޑަން ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 7595888 އިން ސަލާހުއަށް ގުޅުއްވުން އެދެން.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު : މީދޫ ބަނދަރަށް ކަރަންޓް ލުމުގެ މަސައްކަތް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ބަނދަރުން އޮޑިދޯނި ފަހަރުތަކަށް ފަސޭހައިން ކަރަންޓް ލިބޭނެގޮތް ހައްދަވާ ދިނުމުގެ ...

ބޮޑު އީދު ފާހަގަކުރުމަށް މީދޫއާއި ހުޅުދޫގައި ބޭއްވުނު ސަގާފީ ހަރަކާތްތައް

މީދޫއާއި ހުޅުދޫ – އޯގަސްޓް 16، 2019: މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ  މި އަހަރުގެ ބޮޑު ...

“ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” މީދޫ ބަނދަރު ސަރަހައްދު ސާފް ކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ “ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” މިޝިއާރުގެ ދަށުން 8 ޑިސެމްބަރ ...