ރޮޒެއިނާއަށް ވޯޓްދެއްވި ފަރާތްތަކަށް ރޮޒެއިނާ ޝުކުރު އަދާކުރައްވައިފި

ރޮޒެއިނާއަށް ވޯޓްދެއްވި ފަރާތްތަކަށް ރޮޒެއިނާ ޝުކުރު އަދާކުރައްވައިފިއެވެ.

މީދޫދާއިރާގެ އެމްޑީޕީ ޕްރަމަރީގައި ރޮޒޭނާއަށް ވޯޓްދެއްވި ބޭފުޅުންނަށް ރޮޒޭނާ ޝުކުރު އަދާ ކުރައްވާފައިވަނީ ” އެމްޑީޕީ އައްޑޫ މީދޫ ރޮޒޭ 2019 ” ވައިބާ ގްރޫޕްގައި ރޮޒޭނާ ލިއުއްވާފައިވާ ލިއުމެއްގައެވެ.

”   އަޅުގަޑަށް އެމްޑީޕީ ޕްރައިމަރީގައި ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ  . އަދި  އަޅުގަޑުގެ ޓީމްގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް  ޚާއްސަ ޝުކުރެއް އަދާކުރަން . މިއަދުގެ ކާމިޔާބީގެ އަސްލަކީ ތިބޭފުޅުން ތިކޮށްދެއްވި އިޚްލާސްތެރި ބުރަ މަސައްކަތް . ހުރިހާ ބޭފުޅުންނަށް މަރުހަބާ .

އަޅުގަޑާއި ވާދަކުރެއްވި ޝާހިދު އަޅުގަޑަށް ގުޅުއްވާ މަރުހަބާ ވިދާޅުވިކަން ފާހަގަކޮށް ޝާހިދުއަށްވެސް  ޝުކުރު އަދާކުރަން . އުއްމީދަކީ އެމްޑީޕީ އެކަތިގަޑަކަށްވެ މަޖިލިސް އިންތިޚާބް ކާމިޔާބުކުރުން . އަޅުގަޑާ ވާދަކުރެއްވި ކެނޑިޑޭޓުންގެ ޓީމްތައް ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެބޭފުޅުންނަށްވެސް މަރުހަބާ ދަންނަވަން . ”

” އެމްޑީޕީ އައްޑޫ މީދޫ ރޮޒޭ 2019 ” ވައިބާ ގްރޫޕްގައި ރޮޒޭނާ ލިއުއްވާފައިވެއެވެ.

މިހާރުވެސް މީދޫ ދާއިރާގެ ރަށްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ރޮޒެއިނާ މީދޫދާއިރާގެ އެމްޑީޕީ ޕްރަމަރީކާމިޔާބުކުރެއްވީ 693 ވޯޓް ހޯއްދަވައިގެންވެ. ރޮޒެއިނާއާއި މި އިންތިހާބުގައި އެންމެ ގާތުން ވާދަކުރެއްވި އިމާދު ސޯލިހު އަށް ލިބިވަޑައިގެންނެވީ  415 ވޯޓެވެ. ޕްރައިމަރީގައި ދެން ވާދަކުރެއްވި ހަސަން ޝާހިދުއަށް ލިބިލެއްވީ 121 ވޯޓެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ.ޝީނާގެ އަންދާޒާ : 6މަސްދުވަހުގެ ތެރޭގައި 13000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެދާނެ

ކޯވީޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފިޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތޭރަ ...

ފޮޓޯއިން ޚަބަރު: ވޭރާނޑި މައިޒާން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ މީދޫ ” ވޭރާނޑި މައިޒާން”  – މި މައިޒާން އަކީ މީދޫ ...

މާލޭގެ މިސްކިތެއްގެ އިމާމެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލޭ މިސްކިތެއްގެ އިމާމުކަން ކުރާ މީހަކު ހިމެނޭކަން ހާމަ ވެއްޖެއެވެ. އެނގިފައިވާ ...