އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް ނިޔާވެއްޖެ

އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް (48 އ) ނިޔާވެފައިވަނީ މިއަދު ހަވީރު އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ޕީޓީއަށް ނިކުމެ ދުވަމުންދަނިކޮށް ކުއްލިއަކަށް ވެއްޓިގެންނެވެ. އޭނާ ވެއްޓުމާއެކު ފަރުވާއަށް ޅ.ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

ކެޕްޓަން މުޙައްމަދު ރާމިޒްގެ ހަށިގަނޑު މިރޭ މާލެ ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 19 އޯގަސްޓް 1995 ގައެވެ. ޚިދުމަތުގެ މުއްދަތުގައި ލިބިލައްވާފައިވާ ޝަރަފުގެ ނިޝަންތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތުގެ މެޑަލި، އަޚްލާޤީ މެޑަލި، 17 ވަނަ ސާކް ސަމިޓް މެޑަލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އަޚުލާޤީ ކުލަ 3 ފަހަރަށް ،އިޚްލާޞްތެރި ޚިދުމަތުގެ ކުލަ އަދި ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް ނިޔާވިއިރު ސިފައިންގެ ޚިދުމަތުގައި 23 އަހަރާއި 04 މަހާއި 21 ދުވަސް ހޭދަކުރައްވާފައިވެއެވެ.  އަދި ކެޕްޓަން ރާމިޒް ނިޔާވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ޕޯސްޓިންގ ގައި ރަސްމީ ޑިއުޓީ އަދާކުރައްވަމުން ގެންދަވަނިކޮށެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓު އެލަވަންސް ނުލިބި ތިބި ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ ...

ކޮވިޑް-19: އައްޑޫ އިން ޕޮޒިޓިވްވި މީހާގެ ފަހުގެ ދެ ޓެސްޓުވެސް ނެގެޓިވް ވެއްޖެ

އައްޑޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް ދެއްކި މީހާގެ، ފަހުން ހެދި ޓެސްޓުތަކުން އޭނާ ނެގެޓިވް ވެފައިވާކަމަށް ދައްކާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން ...

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް:  އަޝްފާގު މައިލޯ ސިޓީއަށް

މިމަހުގެ 29 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫގައި ފަށާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް  ފުޓްބޯޅަ މުބާރާތުގައި ހިތަދުން ބައިވެރިވާ ...