ޑޮކްޓަރ ޖަމީލުވެސް މާދަމާ ރާއްޖެވަޑައިގަންނަވަނީ

ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލު މާދަމާ ރާއްޖެ ވަޑައިގަތްނަވާނެކަން ހާމަކުރައްވައިފިއެވެ.

ޑރ.ޖަމީލު މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ކީރިތި ޤުރުއާނުގެ އާޔަތަކާއި އޭގެ މާނައާއި އެކު ޑރ. ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މާދަމާ 6 އޮކްޓޯބަރުވާ ހޮނިހިރު ދުވަހު މެންދުރު 2:30 ގައި ލޮބުވެތި ވަތަނަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ިނަ ދުވަސްތަކަކަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވައި ޑރ.ޖަމީލް އެކަން ހާމަކުރައްވާފައިރު، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމުން ބޭރުގައި ތިއްބެވި ގިނަ ސިޔާސީ ބޭފުޅުން ގެންދަވަނީ އެނބުރި ގައުމަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުވެސް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެންޑޭޓުގައި ނުހިމެނޭ ދެ ޕްރޮޖެކްޓު ބާތިލް ކުރަން ފެނަކައިން ނިންމައިފި

ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ އަދި ކުންފުންޏަށް ގެއްލުންވާގޮތަށް ހަވާލުކޮށްފައިވާ ދެ ޕްރޮޖެކްޓެއް ބާތިލްކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ޕީއެންސީގެ ...

ސިމް ދޫކުރެވޭނެ އަދަދު ކަނޑައަޅައި ގަވައިދު ގެޒެޓްކޮށްފި

ފަރުދުންނަށް މޯބައިލް ފޯނުގެ ސިމް ދޫކުރެވޭ އަދަދު ކަނޑައަޅާ ގަވާއިދު ގެޒެޓްކޮށްފި އެވެ. ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ...

ޒަރޫރީ ބޭނުންތަކުގައި މާލެއިން އަތޮޅުތެރެއަށް ދަތުރުކުރެވޭ އުސޫލްތައް އާއްމުކޮށްފި

ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދަތުރުކުރެވޭނެ އުސޫލްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އާއްމުކޮށްފިއެވެ. މާލެއާއި އަތޮޅުތެރޭގައި ...