އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް އޮތް ތާއީދު ހުޅުމީދޫގައި ދައްކާލައިފިއެވެ.
މި ދެ ބޭފުޅުންނަށް އޮތް ތާއީދު ދައްކާލާފައިވަނީ މިއަދު ހަވީރު ހުޅުމީދޫގެ ބޮޑެތި މަގުތަކުގައި ބޭއްވި ސައިކަލް ބުރުންނެވެ
މި ސައިކަލް ބުރުގައި ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއިރު، މި ސައިކަލް ބުރުގައި އެކި އުމުރުފުރާތަކުގެ ގިނައަދަދެއްގެ މީހުންނާއި ބައިވެރިވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
މިސައިކަލް ބުރު އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނަކު ބުނީ އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދަށް ވުރެ ބޮޑު ތާއީދެއް މިހާރު ހުޅުމީދޫގައި އޮތީ ރައީސް ޔާމީނަށް ކަން މިއަދު ބޭއްވުނު ސައިކަލް ބުރުން ފެނިގެން ދާނެކަމަށެވެ
2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ކާމިޔާބުކުރައްވާ ރައީސްކަމާ ހަވާލްވެ ވަޑައިގަތުމަށްފަހު ސަރުކާރުން ހުޅުދޫއާއި މީދޫއަށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުދޫއާއި މީދޫގައި ފެނުގެ ނިޒާމްގާއިމްކޮށް ފެނުގެ ޚިދުމަތް ހުޅުދޫއާއި މީދޫގެ ރަށްޔިތުންނަށް ހޯދައި ދިނުމާއި ހުޅުދޫއާއި މީދޫގައި ފާޚާނާ ނިޒާމް ގާއިކޮށް ދެއްވުމުގެ މަސައްކަތް ކުރުވާ އެމަސައްކަތް މިހާރު ނިމެމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
އަދި މީގެ އިތުރަށް ސ. އަތޮޅު މަދަރުސާގައި 4 ބުރީގެ އިމާރާތެއް ގާއިމްކޮށދެއްވާ ހުޅުދޫއާއި މީދޫގެ ރަށްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އިމާރާތްކުރަމުންދާ ފަޔަރ ސްޓޭޝަން ފާހަގަކޮށްލަންޖެހެއެވެ. އަދި ދަތުރުފަތުރުގެ ޚިދުމަތާއި މަސްފެކްޓްރީގެ އިތުރަށް މިހާރު ހުޅުދޫއާއި މީދޫގެ ބޮޑުމަގުގައި ތާރު އެޅުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް ފާހަގަކޮށްލެވެއެވެ.
އަދި މީގެ އިތުރަށް މީދޫގެ އިސްމެހެލާހެރާގައި ރިސޯޓް ހެދުމުގެ މަސައްކަތް ބަޔަކާއި ހަވާލްކޮށްގެން ކުރަމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓްސް (0)