ވާތު ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ޑީކޭގެ ކެޕްޓަން ސަމީނުއަށް މިރޭ ކުޅެވޭ މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްމެޗްގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ
ސަމީނު ނުހިމެނުމަކީ މިރޭގެ ފައިނަލްމެޗްގައި ޑީކޭއަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ
މިރޭ ކުޅެވޭ މިނިވަން ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްގައި ޑީކޭއާއި ބައްދަލުކުރާނީ ތައްލިހިއެވެ. މިދެޓީމަކީވެސް ހުޅުދުއަށް ނިސްބަތްވާ ދެޓީމެވެ.
މިދެޓީމަކީ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނުނު ދެޓީމެވެ. ގްރޫޕް ސްޓޭޖްގައި މިދެޓީމް ބައްދަލުކޮށް ކުޅެވުނުމެޗް 4 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ތައްލިހިއެވެ.
މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ފައިނަލްމެޗް ފެށުމުގެ ކުރީން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފެށުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިރޭ 8:00 ން ފެށިގެން ހުޅުދޫ ސްކޫލްގެ ދަރިވަރުން ގެނެސްދޭ ޚާއްސަ އިވެންޓަކާއި މީދޫ އީޓީއެފް އިން ގެނެސްދޭ ޚާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓްސް (0)