އައްޑޫ މެރަތަންގެ ރަން އެމްބެސެޑަރ އައްޑޫއަށް

އެމެރިކާގެ މަޝްހޫރު މެރަަތަނާ އަދި ވަރލްޑް ރިކޯރޑް ހޯލްޑަރ މައިކަލް ވޯޑިއަން މިއަދު އާއިލާއާއެކު އައްޑުއަތޮޅަށް އައިސްފިއެވެ.

ދުވެގެން ރަން ވަނަތަކެއް ހޯދާފައިވާ އައިރަނާސްގެ ރަން އެންބެސެޑަރ މައިކަލް ވޯޑިއަން އައްޑޫ އަށް އައިސްފައިވަނީ ސްރީލަންކަން އެއާރލައިންސްއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މައިކަލް ވޯޑިއަން އައްޑު އަތޮޅުގަމަށް އައުމުން ގަން އިންޓަނޭޝަނަލް އެއާޕޯރޓުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤް (ސޯބެ) އާއި ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނެވެ.

އާއިލާއާއެކު މައިކަލް ފުރަތަމަ ދެ ދުވަހު ހުންނާނީ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ. އަދި އަނެއް ދެ ދުވަސް ހޭދަ ކުރާނީ ޝަންގްރިއްލާ ރިސޯޓްގައެވެ.

އަންނަ ހުކުރު ދުވަހު އޮންނަ އައްޑޫ މެރަތަންގެ ރަން އެމްބެސެޑަރެއްގެ ގޮތުން މައިކަލް ވޯޑިއަން އައްޑޫ އަށް އައިސްފައިވަނީ މި މެރަތަންގައި ދުވުމަށެވެ.

މައިކަލް ވޯޑިއަން އަކީ މިހާތަނަށް ދުނިޔޭގެ 4 ވަރަކަށް ރިކޯރޑް ހޯލްޑް ކުރާ ދުވުންތެރިއެކެވެ. މަޝްހޫރު ބައެއް  ދުވުންތެރިން ބައިވެރިވާ މި މެރަތަންގައި ރާއްޖެއިންވެސް  އަލްޓްރާ މެރަތަން އާތިފް، އޭގެ އިތުރަށްް ނޭޝަނަލް ރިކޯރޑް ހޯލްޑަރ މަރިޔަމް އަބްދުލް ކަރީމް ފަދަ ދުވުންތެރިން މެރަތަންގައި ބައިވެރި ވާނެއެވެ.

މަސްދަރު: ޕީއެސްއެމް

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއީ ވަރަށް މުހިންމު ވޯޓު ކަރުދާސްކޮޅެއް، ރަނގަޅު ނަތީޖާއަކަށް އުންމީދުކުރަން: ނަޝީދު

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅަކީ ވަރަށް މުހިންމު ވޯޓު ކަރުދާސް ކޮޅެއް ކަމަށާއި އުންމީދު ...

މީދޫ ބޮޑުމަގުގެ ކޯގަންނު ސަރަހައްދުގައި ތާރުއަޅައި ނިންމައިފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ އަލިވާގޭ ކުރިމަތިން ފަށައިގެން ކޯގަންނު ގަބުރުސްތާނުގެ އުތުރުފަރާތާއި ހަމައަށް މީދޫ ...

ހުޅުދޫ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފި

ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފިއެވެ. އެމްޓީސީސީން ބުނެފައިވަނީ ސ. ހުޅުދޫ ބަނދަރު ތަރައްޤީ ...