ތޫފާން “ފްލެމްބޮޔަން” ގެ ސަބަބުން ދެކުނު ރަށްރަށަށް އުދައަރާފާނެ ކަމަށް މޯލްޑިވްސް މީޓްރިއަލޮޖިކަލް ސެންޓަރުން ބުނެފި

އައްޑު އަތޮޅުގެ އިރުދެކުނުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އައްޑޫގެ 3000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ތޫފާން “ފްލެމްބޮޔަން”ގެ ސަބަބުން އެ ސަރަހައްދުގައި ބާނި ބޮޑުވެ ކުރިޔަށް އޮތް 24ގަޑިއިރުގެ ތެރޭގައި އޭގެ އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ތޫފާން “ފްލެމްބޮޔަން”ގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ހާމަކޮށްފައިވެއެވެ.

ދެކުނަށް ދިޔަވަރު ބޮޑުވާނެ ކަމަށް މެޓުން ލަފާކުރަނީ މިރޭ ދަންވަރު   2:37 ގަ އާއި މެންދުރުފަހު 3:11 ގަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 3:03 ގަ އާއި މެންދުރުފަހު 3:40 ގަ އެވެ

ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ދެކުނުގައި މިހާރު އުފެދިފައިވާ ތޫފާން، “ފްލަމްބޮޔަން”އަކީ މިވަގުތު ދުނިޔޭގައި ދައުރުވަމުންދާ “އެންމެ ބާރުގަދަ” ތޫފާން ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިންވެސްވަނީ ބުނެފައެވެ.

ނާސާއިން ނަގާފައިވާ ފޮޓޯތަކުން ހާމަވެފައިވާގޮތުގައި، ތޫފާން ފްލަމްބޮޔަން މިވަގުތު ދައުރުވަމުންދަނީ ޑިއޭގޯ ގާޝިއާގެ އިރު ދެކުނުން 861 ނޮޓިކަލް މޭލެ ބޭރުންނެވެ. އަދި ތޫފާން ދަތުރުކުރަމުންދަނީ ގަޑިއަކު 12 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ތޫފާން ފްލަމްބޮޔަންގެ އަސަރު އެންމެ ބޮޑަށް ކުރާ ސަރަޙައްދުތަކަށް ގަޑިއަކު 129 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ބެލެވިފައިވާއިރު، ތޫފާން ވަނީ ކެޓެގަރީ އެކެއްގެ ނަގޫރޯޅިއެއްހައި ބާރު ގަދަވެފައި ކަމަށް އެމެރިކާގެ ޖޮއިންޓް ޓައިފޫން ވާނިންގ ސެންޓަރ (ޖޭ.ޓީ.ޑަބްލިއު.ސީ) އިން ބުނެފައިވެއެވެ. އެހެން ނަމަވެސް މި ބާރުމިން ކުރިއަށްއޮތް ދުވަސްތަކުގައި ދަށްވާނެ ކަމަށް އެ ސެންޓަރުން ލަފާކުރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޤައުމު އަޅުވެތިކުރަން ގޮވާލާ އެކަމަށް ހިތްވަރުދިނުމަކީ ބޮޑު ފާފައެއް- ޖަމްޢިއްޔަތުއް ސަލަފް

ދިވެހި ޤައުމު އަޅުވެތިކުރުމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދީ، ހިތްވަރުދިނުމަކީ ޚިޔާނާތްތެރި އަނިޔާވެރި އަމަލެއް ކަމަށްބުނެ، ޖަމްޢިއްޔަތުއް ސަލަފުން ...

ވިސާ ނުލިބުމުން ސަފާ ގްރޫޕުގެ އުމްރާ ދަތުރު ކެންސަލް ކޮށްފި

ވިސާ ހަމަނުޖެހުމުގެ ސަބަބުން ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުން މިއަދު ހެނދުނު ދިޔުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރު ...

މުވައްޒަފުން ދެކެނީ ކައުންސިލަރުންނަކީ އެއްޗެއް ނޭނގޭ މުޑުދާރު ބައެއްގެ ގޮތުގައި-ހދ. އަތޮޅު ކައުންސިލްގެ ރައީސް

ކައުންސިލް މެމްބަރުންނާމެދު ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ދެކެނީ ތަނެއް ދޮރެއް ނުދަންނަ މުޑުދާރު ބައެއްގެ ...