ވިސާ ނުލިބުމުން ސަފާ ގްރޫޕުގެ އުމްރާ ދަތުރު ކެންސަލް ކޮށްފި

ވިސާ ހަމަނުޖެހުމުގެ ސަބަބުން ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުން މިއަދު ހެނދުނު ދިޔުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރު ކެންސަލް ކޮށްފިއެވެ.

އެގޮތުން އެ ގްރޫޕްގެ ވައިބާ ގްރޫޕްގައި ހެނދުނު އާންމު ކޮށްފައިވާ މެސެޖްގައި ބުނެފައިވަނީ މިއަދުގެ އެވަގުތާ ހަމައަށް ސައުދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ކަމަށެވެ.

މިއަދުގެ މި ވަގުތާ ހަމައަށް އައިއިރު ވެސް ސައުދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން މި ގްރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ވާހަކަ ހިތާމައާއެކު ދަންނަވަމެވެ.”

އެކުންފުންޏާ ހަވާލާދީ ބައެއް މީީޑިއާތަކުން ބުނެފައިވެއެވެ. 

އެހެންކަމުން އެއްވެސް ބޭފުޅަކު ފުރުމަށް އެއާޕޯޓަށް ވަޑައިނުގަތުމަށް އެ ގްރޫޕްއިން މެސްޖްގައި އެދިފައިވެއެވެ.

މިއާއިއެކު މިދަތުރާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރަމުން ދާނެކަމަށާއި، 10:00 އަކާއި 12:00 އާއި ދޭތެރޭ ފޮށި ލިބެން ހުންނާނެ ކަމަށް އެގްރޫޕްއިން ވަނީ އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ސަފާ ގްރޫޕްއިން ވަނީ ސައުދީ އެއާލައިންގައި އުމްރާވެރިން ފުރުމަށް މިއަދަށް ހަމަޖައްސާ، އެ މީހުންގެ ލަގެޖުތައް އިއްޔެ އެއާޕޯޓަށް ގެންގޮސްފައެވެ

މީގެ އިތުރަށް އެކުންފުންޏާ ހަވާލާދީ ބައެއް މީީޑިއާތަކުން ބުނެފައިވަނީ މިއަހަރުގެ ރަމަޟާން ޢުމްރާގެ އަޅުކަމަށް ދެވޭނެ ކަމުގެ ޔަޤީންކަން އެކުންފުންޏަށް ނެތް ކަމަށާއި، މިއަހަރުގެ ދަތުރު އަންނަ އަހަރަށް ފަސްކުރަން ޖެހިދާނެކަމަށެވެ.

.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދާ ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް ކަމަށް މަޖިލީހުގެ ...

މަޝްރޫޢުތަކުގެ ތަފްސީލް ހޯދުމަށް ސިޓީ ކައުންސިލަށް ވަޑައިގަތުމަށް ސަޢީދަށް ދައުވަތުއަރުވައިފި

އައްޑޫސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްސީލް ހޯއްދެވުމަށް އައްޑޫ ސިޓީކައުންސިލަށް ވަޑއިގަތުމަށް މޭޔަރު ޢަލީ ނިޒާރު، މާވަށު ދާއިރާގެ މެންބަރު ...

ކޮވިޑް-19: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 170 މީހަކު ޕޮޒިޓިވް ވެއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 170 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ރާއްޖެ އިން ...