ފަހުހާފްގެ ލަނޑުތަކުން ހުޅުދޫ ސްކޫލްގެ މައްޗަށް މަރަދޫ ސްކޫލް ކުރި ހޯދައިފި

މައިލޯ އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާތާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރާގައި އިއްޔެ ކުޅެވުނު މެޗްގައި ހުޅުދޫ ސްކޫލުން ލަނޑެއް ޖަހާ މެޗްގެ ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު ޖަހައިގެން 3 ލަނޑު 1 ލަނޑުން ހުޅުދޫ ސްކޫލްގެ މައްޗަށް މަރަދޫ ސްކޫލް ކާމިޔާބު ހޯދައިފިއެވެ.

އިއްޔެ މެންދުރު ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗްގައި ހުޅުދޫ ސްކޫލުން ކާމިޔާބު ލަނޑު 29 މިނިޓްގައި ކާމިޔާބުކޮށްދިނީ ހަސަން ނައުޝް ހުސެންއެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީވެސް 1 ލަނޑު 0 ލަނޑުން ހުޅުދޫ ސްކޫލް ލީޑުގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފު މަރަދޫ ސްކޫލުން ވަރުގަދަކޮށް ފަށާފައިވާއިރު 45 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މަރަދޫ ސްކޫލަށް  ނަތީޖާ ހަމަހަމަ ކޮށްދިނީ މަރަދޫ ސްކޫލްގެ  ޖާޒީ ނަންބަރު 7 މުހައްމަދު ސަހާއު އަލީއެވެ.

މަރަދޫ ސްކޫލަށް މިމެޗްގައި ލީޑު ހޯދައިދީނީވެސް މުހައްމަދު ސަހާއު އަލީއެވެ. އެއީ  މެޗުގެ 55 ވަނަ މިނެޓްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި މަރަދޫ ޓީމުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ  އިބްރާހިމް ޝަޔާންއެވެ.

އިއްޔެ ކުޅެވުނު މިމެޗްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި، ވަނީ ބޭކާރުވެފަ އެވެ.

މިމުބާރާތުގައި ހުޅުދޫ ސްކޫލް މީގެ ކުރީން ކުޅުނުމެޗްގައި ފޭދޫސްކޫލާ ވާދަކޮށްވެސް 2 ލަނޑު 0 ލަނޑުންވަނީ ބަލިވެފައެވެ.

މިމުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި ހުޅުދޫ ސްކޫލްގެ އިތުރަށް ހުޅުދުމީދުން ބައިވެރިވި ޝަމްސުއްދީން ސްކޫލްޓީމު ކުޅުނު ފުރަތަމަ މެޗްގައިވެސް 6 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ޝަމްސުއްދީން ސްކޫލްގެ ޓީމުވެސްވަނީ ބަލިވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބެލެނިވެރީންނާއި ޓީޗަރުންގެ ނެޓްބޯޅަ މުބާރާތް: ފައިނަލަށް އަސްރިއްޔާ އާއި ހުޅުދޫ ސްކޫލް

މުދައްރިސުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނާއި 2020 ވަނައަހަރު ހުޅުދޫ ސްކޫލާއި މީދޫ ޝަމްސުއްދީން ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން ...

ޝަމްސުއްދީން ސްކޫލްޓީމު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެ ...

އަފިރިން ބަލިކޮށް ބީ ގްރޫޕުން ގަބުރު ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

މަރަދޫފޭދޫ އަފިރިން  ބަލިކޮށް ގްރޫޕް ބީން  ކްއާޓާފައިނަލުން މަރަދޫ ގަބުރު ޖާގަ ހޯދައިފިއެވެ. ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ ...