ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު 8:00 ގައި ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދެވެ.

ދިދަ ނެގުމުގެ މި ރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އިސް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި އާއްމު މުވައްޒަފުން ބައިވެރިވިއެވެ

ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާއި ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. ފުލުހުންގެ ޢަޒުމް އިސްވެ ވިދާޅުވެދެއްވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފެވެ. އަދި ދުވަހާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ދުޢާ އިސްވެ ވިދާޅުވެދެއްވީ ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް ޑރ. އިބްރާހީމް ސަޢީދެވެ.

މާލޭގައި ބޭއްވި މި ރަސްމިއްޔާތުގެ އިތުރުން، ރާއްޖޭގެ 7 ޑިވިޝަންގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބާއްވާފައިވެއެވެ. ،މިރަސްމިއްޔާތުތަކުގައި އެރަށްރަށުގައި ހުރި ސަރުކާރު އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއީސީ ބަދަހިކަޕް- ޓީމް ހުދުހުދާއި ހުޅުދޫ ޔޫތު ބައްދަލުކުރާ ފޯރިގަދަމެޗް މިރޭ

އެމްއީސީ ނެޓްބޯޅަ މުބާރާތުގައި މިރޭ ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ އިން ސެމީފައިނަލަށް ހޮވިފައިވާ ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 4 ވަނަމެޗް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކޮށްފި

މިހާރު މީދޫގައި ކުރިއަށްދާ ” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ 4 ވަނަ މެޗް އައްޑޫސިޓީ ޕޮލިސްޓީމު ...

ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު އާއްމުކުރި މައްސަލަ ސީރީއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި

ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު ...