ރެހެންދި އެވޯޑް” މިއަހަރު 3 ކަނބަލަކަށް ދެއްވައިފިއެވެ. ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގއި ބޭއްވި ހާއްސަ ޖަލްސާގައި މި އެވޯޑް ލިބުނު ފަރާތަކަށް އެވޮޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދުއެވެ.
“ރެހެންދި” ގެނަމުގެ ނަމުގައި ސަރުކާރުން އަންހެނުންނަށް ޚާއްޞަ އެވޯޑެއް ދޭން ނިންމީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެއާއިއެކު 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިއެވޯޑް ސަރުކާރުން އަންނަނީ ދެމުންނެވެ. މިހާތަނަށް 18 އަންހެން ކަނބަލަކަށް މި އެވޯޑް ލިބިފައިވެއެވެ.
މި އަހަރު ރެހްނެދި އެވޯޑް ހާސިލުކުރެއްވި ކަނބަލުން
* އަދާކުރާ ވާޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން
އައިމިނަތު ވަހީދާ
އައިމިނަތު ވަހީދާ ވަނީ ސިއްހީ ދައިރާގައި ނަރުހެއްގެ ގޮތުން 39 އަހަރު ހިދުމަތްކުރައްވާފައެވެ.
* އަދާކުރާ ވާޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން
ފާތިމަތު ނަޝްވާ
ފާތިމަތު ނަޝްވާވަނީ ދިވެހި ފުލުހެއްގެ ހައިސިއްޔަތުން ދިވެހި ޤައުމަށް 22 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައެވެ.
* އަންހެނުން އާއްމުކޮށް ކޮށްނޫޅޭ މަސައްކަތުގެ ދާއިރާއިން
ޒޫނާ ނަސީމް
ޑައިވިން ދާއިރާގައި މަސައްކަތްކުރާ ޒޫނާ ނަސީމް ވަނީ 8000 ވުރެ ގިނަ ޑައިވްކޮށް 11000 ވުރެ ގިނަ މީހުންވަނީ ތަމީރުނުކޮށްފައެވެ.
މި އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ކަނޑައެޅި ކޮމިޓީގައި ފަސް މެމްބަރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެޑައިގެންނެވިއެވެ.
މަސްދަރު: ޕީއެސްއެމް
ކޮމެންޓްސް (0)