ޤައުމުގައި ހަމަޖެހުން ޤާއިމް ކުރަން މީސްމީޑިޔާގެ ބައެއް އެޕްތައް ލަންކާގައި ބްލޮކް ކޮށްފި

ސްރީލަންކާގެ ކޭންޑިގައި މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު އުފެދުނު ދީނީ ހަމަނުޖެހުންތަކަށް ފަހު މުޅި ޤައުމުގައި ކުއްލި ޙާލަތު އިއްޔެ އިއުލާން ކޮށްފައިވާއިރު ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށް މީސްމީޑިޔާގެ ބައެއް އެޕްލިކޭޝަންތައް އެޤައުމުގައި ބްލޮކް ކޮށްފިއެވެ.

10،000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާގައި، އެޤައުމުގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަނަށް ތިން ދުވަހުގެ މުއްދަތަކަށް ފޭސްބުކް ވައިބާ އަދި ވަޓްސްއެޕް ބްލޮކް ކުރުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ޢަމުރުކޮށްފައެވެ.

ލަންކާ ކެބިނެޓްގެ ތަރުޖަމާނު ރަޖީތާ ސެނަރަތުނައާ ހަވާލާދީ ރޮއިޓާސް ބުނީ މި ނިންމުމަކީ މުސްލިމުންނާ ދެކޮޅަށް ހަމަލާ ދިނުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ޕޯސްޓުތައް ދައުރުވަމުންދާތީ ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މި ހަލަތަށް ސްރީލަންކާ ގޮސްފައިވާތީ މި ދުވަސްވަރު، ލަންކާގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ކޮންމެހެން ނުކުންނަން ޖެހޭ ޙާލަތެއް ގައި މެނުވީ ގެއިން ނުނިކުތުމަށްވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ސަބަބެއް ކަމުގައި އެ ޤައުމުގެ މީޑިޔާގައި ރިޕޯޓްކޮށްފައިވަނީ، މުސްލިމެއްގެ ފިހާރައަކާއި މިސްކިތަކަށް ހަރުކަށި ބުޑިސްޓުން ގެއްލުން ދިނުމުން ކަމަށެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް ދެމީހުން ވަނީ މަރުވެފައެވެ.

ލަންކާގައި ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ބުޑިސްޓުންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސެނާ (ބީބީއެސް) އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިޔާގައި ހޫނު ގަދަވެގެން 34 މީހުން މަރުވެއްޖެ

އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވެ މަރުވި މީހުންގެ ޢަދަދު 34 އަށް އަރައިފިއެވެ. ހޫނުގެ ...

އޮޅިގެން ދެވުނު އިންޒާރުން ހަވާއީއަށް ބިރުވެރިކަން!

ޕެސިފިކް ކަނޑުގައި އޮންނަ 1.4 މިލިއަން މީހުންގެ އާބާދީގެ ޖަޒީރާއެއްކަމަށްވާ ހަވާއީއަށް މިދިޔަ ހޮނިހިރުދުވަސް ވެގެންދިޔައީ ބިރުވެރި ދުވަހަކަށެވެ. ...

ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވޭ: އދ

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯ ކައިރިން ރޯވެ ފެތިފައިވާ އާގުބޯޓުގެ ސަބަބުން ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އދން ...