މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 12 އަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން ޔަޤީންވެއްޖެއެވެ.

ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން އިޢުލާންކޮށްފައިވަނީ ރޭ ބޭއްވި ސީޒަން ތިނެއްގެ ފުރަތަމަ އެލިމިނޭޝަން ނައިޓްގައެވެ.

ރޭގެ ޝޯވގައި ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓް އެއްކޮށްލުމުން އެންމެ މަތިން މާކްސް ލިބިގެން ކުރިއަށް އޮތް ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިންނަކީ އައިޝަތު އަޒަލް ޢަލީ ޒާހިރާއި މަރިޔަމް މައީޝާއާއި ރައިޙާން ޢާދަމް އާއި ޝާން ޝަރީފާއި ޢަބްދުﷲ މުނާޒް އާއި ޢަބްދުﷲ މުރުޝިދުއެވެ.

ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން މިރޭ އެލިމިނޭޓްވި 2 ބައިވެރިންނަކީ ނިސްފާ މުޞްތަފާއާއި އަޙްމަދު އިޝާމްއެވެ.

ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވގައި ޕާރފޯމްކުރި 8 ބައިވެރިންގެ ހުށައެޅުންތަކާމެދުވެސް ޝޯވގެ 4 ޖަޖުން ޖުމްލަގޮތެއްގައި ހިންހަމަޖެހޭކަން ފާހަގަކޮށްފައިވާއިރު، ފަހަރަކަށްވުރެ ފަހަރެއް ބައިވެރިންގެ ކިބައިންވެސް ކުރިއެރުންތަކެއް ފެންނަމުންދާކަން ޖަޖުންކޮށްފައިވާ ކޮމެންޓުތަކުން ހާމަވެގެންދިޔައެވެ. ރޭގެ ޝޯވގައި މި 8 ބައިވެރިންގެ ފަރާތުން ސޯލޯ ޕަރފޯމަންސްތަކެއް ފެނިގެންދިޔައިރު، މިރޭގެ ޝޯވއިންވެސް ބެލުންތެރިންނަށް ހިތްގައިމު ޑުވެޓް ލަވަތަކެއް ފެނިގެންގޮސްފައިވެއެވެ.

ގަދަ 16 އަށް ދަތުރުކުރި ބައިވެރިންގެ ތެރެއިން ބާކީ ތިބި 8 ބައިވެރިންނާއެކު ޕިއަނޯ ރައުންޑުގެ ދެވަނަ ޝޯވ އަންނަ ހަފްތާގެ ހުކުރު ދުވަހު އޮންނާނެއެވެ. އަންނަ ހަފްތާގެ ޝޯވއާއެކު މިފަހަރުގެ ސީޒަންގެ ގަދަ 12 ކަށަވަރުވެގެންދާނެއެވެ.

 

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮލީވުޑުގެ މަޝްހޫރު ތަރިން ނަތަން ޔާހޫ އާއި ބައްދަލެއް ނުކުރި

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑުގެ ފަންނާނުންނާއި ބައްދަލުކުރުމަށް ބޭއްވި ހަފްލާއަށް ވަނީ ގިނަ ...

ބޮލީވުޑްގެ ބަތަލާ އީޝާ ޑިއޯލް ވިހައިފި

ބޮލީވުޑްގެ މަޝްހޫރު އާއިލާ އަކަށް ނިސްބަތްވާ ބަތަލާ އީޝާ ޑިއޯލް ވިހައިފި އެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ...

އެކްޓް ކުރުމަށް މައިންބަފައިން ހިތްވަރެއް ނުދޭ: ސޯހާ އަލީ ހާން

ބޮލީވުޑްގެ އެކްޓްރެސް ސޯހާ އަލީ ހާން އަށް އޭނާގެ މައިންބަފައިން އެއްވެސް އިރެއްގައި އެކްޓްކުރުމަށް ހިތްވަރު ނުދޭ ކަމަށް ...