މީދުއަށް ސަހާފް ފަދަ ޒުވާން ގިނަކުޅުންތެރީން މިއަދު މިވަނީ ބޭނުންވެފައި

ހުޅުމީދޫގައި ބޭއްވުނު ބެސްޓް ފުޓްސަލް މުބާރާތުގައި ވާދަކުރިޓީމްތަކުތެ ކުޅުނުތެރީންގެ ތެރެއިން  އެންމެ ރަނގަޅަށް ކުޅުނީ ކޮން ކުޅުންތެރިއެއްތޯ ސުވާލު ކޮށްފިނަމަ އެންމެންގެވެސް ޖަވާބަކަށް ވާނީ އަޚުންޓީމަށް ކުޅުނު ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ސަހާފް ކަމުގައެވެ.

ބެސްޓް ފުޓްސަލް  މުބާރާތުގައި ވާދަކުރި އަޚުންޓީމަށް ސަހާފް ކުޅުމުން ސަހާފްގެ އަސްލު ފެންވަރު ދައްކާނުލެވި މުބާރާތުން އެ ޓީމު ކަޓައިގެން ދިޔަނަމަވެސް ސަހާފް ވަނީ ފިސާރި ރަނގަޅަށް އޭނާގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރު ދަށްކާލަދީފައެވެ.

މި މުބާރާތުގައި ސަހާފްގެ ފަރާތުން ފެނުނު އުންމީދީ ކުޅުމުން މީދޫގެ ގިނަބަޔަކު ދެކެނީ ދެން މީދޫގެ ފުޓްބޯޅައިގައި އެންމެ އަލިގަދަ ތަރިއަކަށް ވެގެންދާނެ އެއްކުޅުންތެރިއަކީ ސަހާފް ކަމުގައެވެ.

ސަހާފަކީ ސ. އަތޮޅުމަދަރުސާގެ ގްރޭޑް 9 ގައި ތައުލީމު ހާސިލުކުރަމުންދާ އުމުރުން 14 އަހަރުގެ ޒުވާން ކުޅުންތެރިއަކަށް ވާއިރު ދެން ސަހާފަށް ބޭނުންވަނީ “ފުޓްބޯޅަގެ ޑިސިޕްލިންގ” އާއި ފުޓްބޯޅައިން ކުރިއަށް ދިއުމުގެ އަޒުމާއި ހިތްވަރާއި ޖޯޝެވެ.

މީދުއަށް ސަހާފް ފަދަ ޒުވާން ގިނަކުޅުންތެރީން މިއަދު މިވަނީ ބޭނުންވެފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެރިކަމުގައި އެތައް ޒަމާނެއް ވަންދެން އެމްޑީޕީ ދެމިއޮންނާނެ – ނަޝީދު

ވެރިކަމުގައި އެތައް ޒަމާނެއް ވަންދެން އެމްޑީޕީ އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ...

ވޮލްކޮޓް ހޯދުމަށް އެވަޓަން އިން މަސައްކަތްކުރަނީ

އާސެނަލް އަށް ކުޅެމުން އަންނަ ތިއޯ ވޮލްކޮޓް ހޯދުމަށް އެވަޓަން އިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ...

ޒުބޭރުގެ މަރާއިބެހޭ މައުލޫމާތުތަކުގެ ޞައްޙަކަންދަނީ ކަށަވަރުކުރަމުން – އެން.ސީ.ޓީ.ސީ

ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ބޯބުރިކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ...