ތެލެސީމިއާ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ މި ހޮސްޕިޓަލްގެ މަޝްރޫއު ކުރިއަށްގެންދާނީ މެލޭޝިއާގެ މެޑޯ އޭޝިއާ އާއި ޗިންހިން ގުރޫޕު ބަރުހާދު ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. ޗިންގެ ފަރާތުން ސޮއިކުރެއްވީ އެ ގުރޫޕް ސީއީއޯ ރޮޖާ ލިން އެވެ. އަދި މެޑޯ އޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް އެވެ.

މިމަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގެ ފަރާތުންނެވެ.

މިރަސްމިއްޔާތުގައި ވަނީ ތިން ބުރީގެ މި ހޮސްޕިޓަލްގެ ކުރެހުމެއް ވީޑިއޯއެއްގެ ގޮތުގައި ދައްކާލާފަ އެވެ. ވީޑިއޯ އިން ދެއްކި ގޮތުގައި އިމާރާތުގެ އެންމެ ތިރީގައި ހުންނާނީ އިމަޖެންސީ ރޫމާއި ކުޑަކުދިން ކުޅޭ ސަަރަހައްދަކާއި ކެންޓީނެކެވެ.

މީގެއިތުރުން މި ހޮސްޕިޓަލްގައި ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓަކާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ލެބޯޓަރީއާއި ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ވައުދުވެވަޑައިގެންފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑަބްލިއުއެސްސީގެ ޓީމެއް ހުޅުމީދޫއަށް ޒިޔާރަތްކޮށްފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އެމްޑަބްލިއުއެސްސީ ގެ ޓީމެއް ހުޅުމީދޫއަށް ކުރި ދަތުރުގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް ...

ރައީސް ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުޚަބާ ދަންނަވައިފިއެވެ. ރައީސް ޞާލިހު ކުރެއްވި ޓުވީޓުގައި ...

ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ކަޅުތުއްކަލާގެ ރިވެތި އުޞޫލު – ޝިފާޤު މުފީދު

ދިވެހި ރަސްކަމުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލުން ސަލާމަތްކޮށްދެއްވި ކަޅުތުއްކަލާގެ ފަރާތްޕުޅުން ފެނިގެންދިޔަ ހިތްވަރުގަދަ ...