ޝަންގްރިއްލާ ޓީމް ސެމީފައިނަލަށް- ސެމީފައިނަލްގެ ދެމެޗްވެސް މިރޭ ކުޅެވޭނެ

ބެސްޓް ފުޓްސަލް މުބާރާތް 2018 ގެ ސެމީފަނަލަށް ޝަންގްރިއްލާ ޓީމް ހޮވިއްޖެވެ.

ޝަންގްރިއްލާޓީމް ސެމީފައިނަލަށް ހޮވުނީ  ރޭ ކުޅެވުނު ގްރޫޕް ބީގެ ފަހުމެޗްގައި ގައުމު އެފްސީއާއި ބައްދަލުކޮށް ކުޅުނުމެޗް 2 ލަނޑު 2 ލަނޑުން އެއްވަރުވުމުން ލިބުނު 1 ޕޮއިންޓާއެކު ޖުމްލަ ދެ ޕޮއިންޓްލިބި ބީގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ބީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވުނީ 4 ޕޮއިންޓް ލިބިގެން ޑީއެފްސީއެވެ.

ރޭ ކުޅެވުނު ގްރޫޕް އޭގެ ފަހުމެޗްގައި ބައްދަލުކުރީ ކުރީންވެސް ސެމީފައިނަލަށް ހޮވިފައިވާ ދެޓީމެވެ. އެއީ  ބްރަދާސް ޔުނައިޓެޑާއި ޔުނައިޓެޑް ބްރަދާސްއެވެ.

މިމެޗް  7 ލަނޑު 3 ލަނޑުން ކާމިޔާބުކޮށް ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި 9 ޕޮއިންޓް ހޯދައިގެން ސެމީފައިނަލަށް ހޮވުނީ ޔުނައިޓެޑް ބްރަދާސްއެވެ. މިގްރޫޕް ގެ 2 ވަނަ ޓީމްގެ ގޮތުގައި 6 ޕޮއިންޓް ލިބިގެން ސެމީފައިނަލަށް ހޮވުނީ  ޔުނައިޓެޑް  ބްރަދާސްއަތުން ދެރަވި ބްރަދާސް ޔުނައިޓެޑްއެވެ.

މިމުބާރާތުގެ ސެމީފަނަލްގެ ދެމެޗްވެސް މިރޭ ކުޅެވޭނެއެވެ. ސެމީފައިނަލްގެ ފުރަތަމަމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ އެއްވަނަޓީމްގެ ގޮތުގައި ހޮވުނު ޔުނައިޓެޑް ބްރަދާސްއާއި ބްރޫޕް ބީގެ ދެވަނަޓީމްގެ ގޮތުގައި ހޮވުނު ޝަންގްރިއްލާއެވެ. މިމެޗްގެ ކުޅުން ފެށޭނީ މިރޭ 8:30 ގައެވެ. މިރޭ 9:30 ގައި ކުޅެވޭ ސެމީފައިނަލްގެ ދެވަނަމެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަޓީމުގެ ގޮތުގައި ހޮވުނު ޑީއެފްސީއާއި ގްރޫޕް އޭގެ ދެވަނަ ޓީމަކަށް ހޮވުނު ބްރަދާސް ޔުނައިޓެޑެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބެސްޓް ސެލެކްޝަންގެ ފަރާތުން ޓްރޮފީއާއި، 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު  ރަނަރއަޕް ޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަންއެވެ. މިއީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓްކަޕް – ޕެނަލްޓީގައި އުސްގަޑަ ބަލިކޮށް، ރިވެރިން ސެމީއަށް

ގައުމު ސްޓްރީޓް ކަޕްގައި  ޕެނަލްޓީ ޖަހައިގެން ހިތަދޫ އެފްސީ އުސްގަޑަ ބަލިކޮށް، ހިތަދޫ ކްލަބް ރިވެރިން ނެކްސަސް ސެމީފައިނަލުގެ ...

އައުޓް ޑޯ ޖިމް ހަދާ ރަށްތަކުގެ ތެރޭގައި މީދޫވެސް ހިމެނޭ

އިންޑިއާގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ހަމަޖެހުމާގުޅިގެން  އެރަށްތަކާއި ބެހޭ މަޢުލޫމާތު ޔޫތު ...

ނޮރިންމަ ބަލިކޮށް އުސްގަޑަ އިން ކްއާޓާރގެ ފުރުސަތު ބޮޑުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގައި މީދޫ ނޮރިންމަ އެފްސީ  2-0 އިން ބަލިކޮށް ...