ވެމްކޯގެ ޑީއެމްޑީކަމުގެ މަގާމުގައި ހުންނެވި ރުކުމާ ފެނަކައިގެ ޑީއެމްޑީކަމަށް ބަދަލު ކޮށްފި

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.

ރުކުމާ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވީ ކުރިން ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ނާއިފް 15 އޯގަސްޓް 2024 ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރައީސް ޑރ. މުއިއްޒުގެ ކެމްޕެއިނުގައި އޭޖެންޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ނާއިފް އެމަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

ރުކުމާއަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާ ތަމްސީލުކުރެއްވި މެންބަރު ވެސް މެއެވެ. ފެނަކައިން ވަނީ ނާއިފް ކުންފުންޏަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރުމާއެކު، އައު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ރުކުމާއަށް މަރުހަބާ ކިޔާފައެވެ.

މީގެ އިތުރުން، މި މަހުގެ 9 ވަނަ ދުވަހު ކުންފުނިތަކުގެ ބޯޑުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ފެނަކައިގެ ޗެއާމަން އަހުމަދު ޝަހީރާއި ޑިރެކްޓަރު އަހުމަދު އީހާބު ވެސް ވަނީ މަގާމުތަކުން ވަކިކުރެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރުވެރި ހާލަތެއް ނެތް: އަމީރު

ރާއްޖޭގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރުވެރި ހާލަތެއް މިހާރަކު ނެތްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. ރައީސް ...

ކޫއްޑޫ އެއާޕޯޓަކީ ވަކި މެންބަރެއްގެ ސިޔާސީ މުހުތާދުތައް ފުއްދުމަށް އޮތް ތަނަކަށް ވެގެންނުވާނެ: މުހުތާޒް

ގއ.ކޫއްޑޫ މަސްކާރުޚާނާއާއި ކޫއްޑޫ އެއާޕޯޓަކީ ވަކި މެންބަރެއްގެ ސިޔާސީ މުހުތާދުތައް ފުއްދުމަށް އޮތް ތަނަކަށް ވެގެން ނުވާނެ ކަމަށް ...