މެންބަރުންނާއެކު ފުރާ ހުރިހާ އެންމެނަށް ވީއައިޕީ ޚިދުމަތް ނުލިބޭގޮތަށް ކޮމިޓީން ފާސްކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ފުރާވަޑައިގަންނަވާ ކޮންމެ މީހަކަށް އެ ޚިދުމަތް ލިބޭގޮތަށް އޮތްއޮތުން ބަދަލުކޮށް، ހަމައެކަނި މެންބަރުންނާއި އެބޭފުޅުން އާއިލާ މެންބަރުންނަށް ވީއައިޕީ ޚިދުމަތް ލިބޭގޮތަށް މަޖިލީހުގެ ޢާންމު ކޮމިޓީން ފާސްކޮށްފިއެވެ.

17 އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޢަމަލުކުރަމުން އައިސްފައިވަނީ، މަޖިލިސް މެންބަރުންނާއި، އެބޭފުޅުން އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި ދަރީންގެ އިތުރުން މައިންބަފައިންނަށް ވީއައިޕީ ޚިދުމަތް ލިބޭގޮތަށެވެ. ނަމަވެސް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެ އުސޫލު ބަދަލުކޮށް، މަޖިލީހުގެ މެންބަރުންނާއެކު ފުރާވަޑައިގަންނަވާ އެހެން މީހުންނަށްވެސް ވީއައިޕީ ޚިދުމަތް ލިބޭގޮތަށް ނިންމާފައެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ޢާންމު ކޮމިޓީން އެންމެ ފުރަތަމަ ނިންމެވީ 19 ވަނަ މަޖިލީހުން ޢަމަލުކުރިގޮތަށް ބޭއްވުމަށެވެ. ނަމަވެސް އޭގެފަހުން މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙަލަތު މިހާރު ހުރިގޮތުން އަލުން އެ ނިންމެވުން މުރާޖާކުރުމަށް ނިންމާފައެވެ. އެގޮތުން ފޭދޫ ދެކުނު ދައިރާގެ މެންބަރު އިބްރާހީމް ދީދީ ހުށައެޅުއްވީ ވީއައިޕީގެ ޚިދުމަތް މެންބަރުންނާއި އެ މެންބަރުންގެ އާއިލާއަށް ޚިދުމަތްދޭ ގޮތް ހެދުމަށެވެ.

އެ ހުށައެޅުން ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ޢާންމު ކޮމިޓިން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި އެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށްވެސް ކުރިން ފާސްކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ އަންހެނުން

ކުރިއަށްއޮތް ލޯކަލް ކައުންސިލަށް ވާދަކުރުމަށް ކެންޑިޑޭޓުން ހޮވުމަށް އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ...

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ ...

އައްޑޫއަށް އުދަ އަރައި އެފްކޮންސް އިން ހަދަމުންއަންނަ ބްރިޖަށް ގެއްލުންވެއްޖެ

އުދަ އަރައި އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ...