އައްޑޫ ޕަވަރ ޕްލާންޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށަނީ

އައްޑޫ ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައު ޕަވަރ ޕްލާންޓް ނުވަތަ އިންޖީނުގެ އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 4 މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫ ސިޓީގައި 32 މެގަވޮޓުގެ ޕަވަރ ޕްލާންޓެއް ޤާއިމްކުރުމަށް ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ހުސައިން ޒުހުރީ ވިދާޅުވީ މި ސަރުކާރު އައިއިރުވެސް އައްޑޫސިޓީގެ ކަރަންޓްގެ ހާލަތު އޮތީ ވަރަށް ދަތިގޮތަކަށްކަމަށެވެ. އެގޮތުން ބައެއް ފަހަރު އައްޑޫގެ ގިނަ ސަރަޙައްދުތަކުން ކަރަންޓު ކަނޑަންޖެހޭ ހާލަތްތައް އަންނަކަމަށާއި، އެކަމާއި ގުޅިގެން ފާއިތުވި 3 މަސްދުވަހުވެސް އައްޑޫގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަން ޖެހުނުކަމަށް ޒުހުރީ ވިދާޅުވިއެވެ. އަދި މިވަގުތު އައްޑޫ ސިޓީގެ އިންޖީނުގެގޭ ޖާގަ ކުޑަވެގެން 15 ޖަނަރޭޓަރެއް އޮަޕަރޭޓްކުރަނީ ގޯތިތެރޭގައި ހަޓުތައް ޖަހައިގެންކަމަށް އެނާ ވިދާޅުވިއެވެ.

ޒުހުރީ ވިދާޅުވީ އައު ޕަވަރ ޕްލާންޓް އެޅުމަށްޓަކައި ސައިޓް ތައްޔާރުކޮށް މަސައްކަތް ކުރާ ކުންފުންޏާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ފައިސާ ހަމަޖެހުމުން ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި އިންޖީނުގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޒުހުރީ ވިދާޅުވީ މި މަޝްރޫޢުއައެކު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ.

ކޮންމެ އަހަރަކުވެސް ކަރަންޓު ބޭޏުންކުރާ މިންވަރު އިތުރުވުމުން އިންޖީނެއް ގެންނަމުން ދިޔައީ. ޕަވަރ ހައުސް ފުރިގެން ގޯތިތެރޭގެ އެތަން މިތަނުގައި ޖަނަރޭޓަރުތައް ބަހައްޓާފައި ހުރީ. މިއީ އެފިޝިއަންޓު ގޮތެއް ނޫން. އެހެންވީމަ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މުޅިން އައު ޕަވަރ ޕްލާންޓެއް އެޅުމަށް.” ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ހުސައިން ޒުހުރީ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި މިވަގުތު ހުރި އިންޖީނުގެއަކީ މީގެ 24 އަހަރު ކުރިން ތަރައްޤީކޮށްފައިވާ އިންޖީނުގެއެވެ. އޭރު އެތަން ތަރައްޤީކޮށްފައިވަނީ 1.5 މެގަވޮޓާއެކުއެވެ. އެހެންނަމަވެސް މިހާރު ޕީކް ލޯޑްގައި 12 މެގަވޮޓުގެ ކަރަންޓު ބޭނުންކުރާއިރު އިންޖީނުގޭގެ ކެޕޭސީޓީވެސް ހުރީ އެވަރަށެވެ.

ފެނަކައިން ވިދާޅުވީ އައު އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ހުރި އިންޖީނުގެއާއި އިންވެގެން އޮންނަ ބިމެއްގައިކަމަށެވެ.

މި ޕަވަރ ޕްލާންޓާއެކު ކުރިއަށް އޮތް 20 ނުވަތަ 25 އަހަރު އައްޑޫއަށް އެއްވެސް ބުރޫއެއް ނާރައި ކަރަންޓު ފޯރުކޮށްދެވޭނެކަމަށް ފެނަކައިން ބުނެއެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެނެވެ. އެގޮތުން އެންމެ ފުރަތަމަ ޤާއިމްކުރެވޭނީ ކުރިއަށްއޮތް 15 އަހަރަށް 9.8 މެގަވޮޓުގެ 2 ޖަނަރޭޓަރު ސެޓެވެ. އަދި އޭގެފަހުން 5.8 މެގަވޮޓުގެ 2 ޖަނަރޭޓަރު ސެޓު ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި މިތަން ތަރައްޤީކުރަނީ 50 މެގަވޮޓާ ހަމައަށް ޕަވަރ ކެޕޭސިޓީ އަޕްގްރޭޑް ކުރެވޭގޮތަށެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދޮޅު އަހަރުދުވަހުގެ ތެރޭގައިކަމަށް ފެނަކައިން ބުނެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތް: މައިލޯ ސިޓީ ޗެމްޕިއަންކަން ހޯދައިފި

ހުޅުދޫ ޒުވާނުންނާއި ހުވަގު ޖަމްއިއްޔާ ގުޅިގެން ހުޅުދޫގައި  ބޭއްވި ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ ...

ފައްޔާޒު މަގާމުން ވަކިކޮށްދެއްވުމަށް އެއްބާރުލުން ދެއްވާ- ރައީސް ނަޝީދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރެއްވުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ...

ކޮރޯނާ ވައިރަސް އަދި ހިމަބިއްސާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ކިޔަން އަންގައިފި

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ރާއްޖޭއިން ފެންނަމުންދާ ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ...