ފައްޔާޒު މަގާމުން ވަކިކޮށްދެއްވުމަށް އެއްބާރުލުން ދެއްވާ- ރައީސް ނަޝީދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރެއްވުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމްޑީޕީ ގައުމީ މަޖިލިސް ވައިބަރ ގްރޫޕުގައި ނަޝީދު ވަނީ މީގެ ކުރިންވެސް ފައްޔާޒު މަގާމުން ދުރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގް ވޯޓެއް ނެގުމަށް އެމްޑީޕީގެ ހުރިހާ މަޖިލިސް މެމްބަރުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެންމެ ފުރަތަމަ ނަޝީދު އެ މަސައްކަތްޕުޅު ފައްޓަވައި މެމްބަރުން އަރިހުގައި ސޮއިކުރަން އެދިވަޑައިގެން މަޖިލީހުގެ ސައި ކޮޓަރިއަށްވެސް ވަޑައިގެންނެވި އެވެ. އެހެންނަމަވެސް ގިނަ މެމްބަރުން އޭގައި ސޮއި ނުކުރައްވަ އެވެ. އަދި ބައެއް މެމްބަރުންނަށް ނަޝީދު އެދިވަޑައިގެންނެވުމުން ސޮއިނުކުރައްވާ ތިއްބަވަން ކެރިވަޑައިނުގެން އޭގައި ސޮއިކުރައްވާފައިވާކަމަށް ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.

އެމްޑީޕީ ގައުމީ މަޖިލިހުގެ ވައިބަރ ގްރޫގައި އިއްޔެ އަނެއްކާވެސް ރައީސް ނަޝީދު މިވަނީ ފައްޔާޒު މަގާމުން ދުރުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ވައިބަރ ގްރޫގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ސޮއިކުރެއްވި ގަރާރުގައި މިހާރު ސޮއިކޮށްފައިވަނީ 30 މަޖިލިސް މެމްބަރުން ކަމަށެވެ. އަދި ނަޝީދު އެދިވަޑައިގަންނަވަނީ 35 މެމްބަރުންގެ ސޮޔާއިއެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި ގައުމީ މަޖިލީހަށްވެސް ހުށަހަޅަން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެންމެންވެސް ގެންދަވަނީ ފަހަތަށް ޖެހެންވާ ވަގުތު އެކަން ކުރައްވަމުން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވައިބަރ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު “ހަމައެމްވީ” އަށް ވިދާޅުވީ ރައީސް ނަޝީދުގެ މެސެޖަށް މިނިސްޓަރު ފައްޔާޒު އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ. އަދި އެހެން މެމްބަރަކުވެސް އެކަމާއި އެއްޗެއް ވިދާޅުވެފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު މަގާމުން ދުރުކުރުމަށް ނަޝީދު ކުރައްވާ މަސައްކަތަށް އެމްޑީޕީގެ ތެރެއިން މާބޮޑު ތާއީދެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަލައިގައި ރައީސް ޞާލިހުވެސް ބުރަވަނީ ފައްޔާޒު ކޮޅަށެވެ. ރައީސް ވިދާޅުވީ ފައްޔާޒަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ހާއްސަކޮށް ކޮވިޑް-19 ގެ ހާލަތުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި އެއް ވަޒީރަކީ ފައްޔާޒު ކަމަށް ރައީސް ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރުގައި ސޮއިކުރައްވާފައިވަނީ 30 މެމްބަރުންކަމަށް ނަޝީދު ވިދާޅުވިއިރު އެމައްސަލައިގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ބައެއް މެމްބަރުންގެ ތާއީދު އޮތްކަމަށް މައުލޫމާތު ލިބެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 6 މީހުން ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭސްގެ އަދަދު 308 އަށް އަރައިފި

އައްޑޫސިޓީގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާއިރު އައްޑޫސިޓީން  އިއްޔެވެސްއިތުރު 6 މީހުން އެ ބައްޔަށް ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ...

ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އައްޑޫސިޓީ މީދުން އަންނަނީ ތައްޔާރުވަމުން

މަޝްހޫރު ދިވެހި ފަންނާނުންގެ މިއުޒިކް ޝޯވތަކާއި ތަފާތު އެކިކުޅިވަރުތައް ހިމެނޭގޮތައް ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އައްޑޫސިޓީ ...

މޫސުމަށް ސަމާލުވޭ، ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ

ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ...