ހިތަދޫ ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން، އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. 

ނޫރާނީ ސުކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި، 40 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަނުގައި، އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކުލާހުގެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން މި ކުލާހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ފަޔަރ ފައިޓިންގގެ ތަޢާރަފާއި، ފަޔަރ އިމަޖެންސީތަކާ ބެހޭގޮތުންނާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭ މަޢުލޫމާތުގެ އިތުރުން، ބަންދުވެފައިހުރި ތަނެއްގައި ދުން ބޯވެއްޖެނަމަ އަމަލުކުރާނެގޮތް ވަނީ ކިޔައިދީފައެވެ. 

މި ސެޝަނުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފިއެވެ. މަޤާމުން އިސްތިއުފާދެއްވިކަން އީސީގެ ރައީސް އަޙްމަދު ސުލައިމާން ކަށަވަރު ކޮށްދެއްވިނަމަވެސް ...

ބޮޑު ޗުއްޓީގެ ދުވަސްވަރު ބަދަލުކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފި

ރާއްޖޭގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލު ކުރުމާބެހޭ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު، މިނިސްޓަރ ...

ސައުތުޕާމް ކައިރީގެ  ނެރުމައްޗަށް އުރުނު ދޯނި ފުންކޮށްފި

ސައުތުޕާމް ރިސޯޓާއި މީދޫއާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ އެއްފަރާތައް އުރުނު ”ފެމިނާ“ ދޯނި ...