ސައުތުޕާމް ކައިރީގެ  ނެރުމައްޗަށް އުރުނު ދޯނި ފުންކޮށްފި

advertisement

ސައުތުޕާމް ރިސޯޓާއި މީދޫއާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ އެއްފަރާތައް އުރުނު ”ފެމިނާ“ ދޯނި ފުންކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 

ނަވާރަ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ”ފެމިނާ“ ދޯނި ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް އުރުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ދޯނީގެ ފަރާތުން ދީފައިވަނީ 21  އެޕްރީލް 2022 ވަނަ ދުވަހުގެރޭ 19:22 ހާއިރު ކަމަށާއި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރު ކޮށްދީފައިވާކަން އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. 

އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއި ހުޅުމީދޫމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، ދޯނީގެ ވެރިފަރާތުން އެމްޓީސީސީގެ ޓަގު ބޯޓަކާއި އެ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު ބައެއް މަސް ދޯނިތަކުގެ އެހީތެރިކަން ހޯދައިގެން ކުރި މަސައްކަތުން އިއްޔެ ( 22 އެޕްރީލް 2022 ) ހަވީރު 17:10 ހާއިރު ދޯނި ފުންކުރެވިފައިވާމަށް އެމްއެންޑީއެފުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މީކުރިންވެސް މިނެރުން ވަންނަން އުޅުނު ދޯންޏެއްވަނީ ނެރެއްމަށްޗަށް އަރާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތަޢާރަފްކޮށްފި

ގިނަ އަދަދެއްގެ ފިލްމާއި ވީޑިއޯ ބަލާލެވޭ އެމޭޒަން ޕްރައިމް ވީޑިއޯ، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަކީ ...

ފްލައިންގ ސްކޫލްގެ މައްސަލަ: ލައްކަ އަހުވަދެއްކިއްޖެ- އެމީހުން ގޮވައިގެން ކޯޓަށްދާންފެނޭ- ރޮޒެއިނާ

އައްޑޫ ސިޓީގެ ގަމުގައި ހިންގަމުންދާ  ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަނުންނަށް ބަދަލު ދޭން ޖެހޭނެ ކަމަށް އައްޑޫ މީދޫ ...

ފުލުހުން ދުއްވި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބްރިޖް ހައިވޭ މަތީގައި ފުލުހުން ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މައުލޫމާތު ލިބިފައިވާ ...