ބެސްޓް ފުޓްސަލް މުބާރާތް 2018 މިރޭ ފަށަނީ

” ބެސްޓް ފުޓްސަލް މުބާރާތް 2018 ”  ގެ ނަމުގައި ބޭއްވޭ  ފުޓްސަލް މުބާރާތް މިރޭ ފެށުމަށްވަނީ ހަމަޖަހިފައެވެ. މިމުބާރާތް ފެށުމުގެ ގޮތުން މިރޭ 9:00 ގައި ކުޅެވޭ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ބްރަދާސްއާއި އެފްސީއަޚުން ބައްދަލުކުރާމެޗެވެ.

ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 7 ޓީމް ބައިވެރިވެފައިވާއިރު މި 7 ޓީމްވަނީ ދެގްރޫޕަކަށް ބަހާލެވިފައެވެ. މިގޮތުން ގްރޫޕްއޭގައި ހިމެނެނީ ، އެފްސީއަޚުން ، ޔުނައިޓެޑް ބްރަދާސް ، ބްރަދާސްޔުނައިޓެޑް އަދި އެފްސީ ލަކީއެވެ. ބީގްރޫޕްގައި ހިމެނެނީ ޑީއެފް ކްލަބް ، ޝަންގްރިއްލާ އަދި އެފްސީ ގައުމެވެ.

މިމުބާރާތުގެ ގްރޫޕް މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި، 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު  ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަންއެވެ. މިއީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިނަލްގައި މީދޫޓީމާ ވާދަކުރާނެ ޓީމަކަށް ފާހި ސްޕޯޓްސް ކްލަބް ހޮވިއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި މިހާރު ކުރިއަށްދާ  ” ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 4 ވަނަމެޗް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކޮށްފި

މިހާރު މީދޫގައި ކުރިއަށްދާ ” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ 4 ވަނަ މެޗް އައްޑޫސިޓީ ޕޮލިސްޓީމު ...

ގައުމު ސްޓްރީޓް ކަޕް : މީދޫ ލޮތަރި އެފްސީ ފައިނަލަށް

ގައުމު ސްޓްރީޓް ކަޕް  – ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މީދޫ ލޮތަރި އެފްސީއާއި ބައްދަލުކޮށް މިމުބާރާތުގައި ވާދަކުރިޓީމްތަކުގެ ތެރެއިން ...